05 Aug 2012, 11:34
ބިއުޓީ ސެލޫނަކަށް ވަދެ ތޫނު އެއްޗަކުން ބިރުދެއްކުމަށް ފަހު މާރާމާރީ ހިންގައި ފޭރިގަތުމަށް ފަހު އަންހެނަކު އޮރިޔާންކޮށް ބަދުއަޚްލާގީ އަމަލު ހިންގި މީހެއްގެ މައްޗަށް ދައުވާކުރުމަށް ޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުފައިފި އެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ގ. ކަންނެލި، މުހައްމަދު ޝަމްއާން އިބްރާހީމް ޚާލިދު،20، ގެ މައްޗަށް ކަމަށެވެ.
ފުލުހުން ބުނީ މި އަހަރު ޖޫން މަހު 26 ވަނަ ދުވަހު އޭނާ ހައްޔަރު ކޮށްފައި ވަނީ "އަސްޕަރަސް ބިއުޓީ ކެއާ" އަށް ވަދެ ތޫނު އެއްޗަކުން ބިރުދައްކައި މާރާމާރީ ހިންގައި ފޭރިގަނެ އެތަނުގައި މަސައްކަތްކުރާ ތައިލެންޑް އަންހެނަކު އޮރިޔާންކޮށް ބަދުއަޚްލާގީ އަމަލު ހިންގުމުން ކަމަށެވެ.
މީގެ އިތުރުން ކުޑަކުއްޖަކާ މެދު އިހުމާލުވެފައިވާ ކަމަށް ތުހުމަތުކުރެވޭ ދެ މީހެއްގެ މައްސަލަ ވެސް ޝަރީއަތަށް ހުށަހަޅުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ އެ މައްސަލައިގައި މިދިޔަ މަހުގެ ފަހުކޮޅު ދައުވާކޮށްދިނުމަށް އެދި ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ސ. ފޭދޫ، ޕިންކްހައުސް، ސީމާ މުޙައްމަދު، 47 އާއި މއ. އަތަރުމާގެ، އަހުމަދު ޝަފީގު 50 ގެ މައްޗަށް ކަމަށެވެ.