ބޮލީވުޑުގެ ތަރި ޢާމިރު ޚާން، އޭނާގެ ހާންދާނަށް ނިސްބަތް ވާ 22 ބިމެއް ގަނެފިއެވެ. އުއްތަރު ޕްރަދޭޝްގެ ހަރްދޯއި ޒިލާގައި އޮންނަ ޝާހްއާބާދުގައި ހުރި ބިންތައް ޢާމިރު ގަތީ އޭނާގެ ބޮޑުބޭބެމެން އެ ބިންތައް ވިއްކައިލާން އުޅުމުންނެވެ. ބިންތައް ވިއްކައިލާން އުޅޭ ހަބަރު ޢާމިރަށް ލިބުމުން އޭނާ އަވަސްވެގަތީ އެ ބިންތައް ގަތުމަށެވެ. ޢާމިރު ބުނާ ގޮތުގައި އެމީހުންގެ ހާންދާނަށް ނިސްބަތް ވާ ބިންތަކެއް އެހެން ބައެއްގެ އަތް މައްޗަށް ދިއުމަކީ ހާންދާނުގެ ހަނދާންތަކާ ދިއުމެވެ.

"އަހަރެން މި ވަގުތު ޝާހްއާބާދުގައި ނޫޅުނަސް، އާއިލާގެ ތަރިކަތައް ވިއްކައިލާކަށެއް ބޭނުމެއް ނޫން. އެއީ ދަނޑުވެރިކަން ކުރާން ވެސް ހަމަ ރަނގަޅު ބިންތަކެއް. އަހަރެން ބޭނުން ކޮންމެވެސް ދުވަހަކުން ދަނޑުވެރިކަން ކުރާން." ޢާމިރު ބުންޏެވެ.

ބިންތައް ގަތުމަށް ފަހު ޢާމިރު އެ ބިންތައް ރަޖިސްޓަރީ ކުރީ އޭނާގެ އިތުރުން އޭނާގެ ކޮއްކޮއިން ކަމުގައިވާ ފައިޞަލް ޚާން އާއި ފަރްޙަތު ޚާން އާއި ނިޚާތު ޚާންގެ ނަމުގައެވެ.

"އަހަރެން ބޭނުން އަހަރެންގެ ބިންތަކާ ކައިރީގައި އާއިލާގެ އެހެން މީހުންގެ ބިންތައް ވެސް އޮންނާން. އެހެންވެ ފައިޞަލްމެންގެ ނަމުގައި ބައެއް ބިންތައް ރަޖިސްޓަރީ ކުރީ." މރ. ޕަރފެކްޝަނިސްޓުގެ ނަމުން މަޝްހޫރު ވެފައި ވާ ތަރި ބުންޏެވެ.