މަޖީދީމަގުން ދުއްވާފައި ދިޔަ ކާރެއް ކޮންޓުރޯލް ނެއްޓިގެންގޮސް ފިހާރައެއްގެ ބިލްލޫރިގަނޑުގައި ޖެހި އެ ފިހާރައިގެ ބިލްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ހިނގައްޖެ އެވެ.

އިއްޔެ އިރުއޮއްސި 7:20 އެހާކަންހާ އިރު ހިނގި އެ އެކްސިޑެޓްގައި ތަޅައިގެންގޮސްފައި ވަނީ މަޖީދީމަގުގައި ހުރި "ނިއުލައިން" ފިހާރައިގެ ބިލްލޫރި ގަނޑެވެ. އެ އެކްސިޑެންޓްގެ ސަބަބުން އެއްވެސް މީހަކަށް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.

މަންޒަރުދުށް މީހަކު ބުނީ އެކްސިޑެޓްގައި އެ ފިހާރައިގެ ބިލްލޫރިގަނޑު ވަރަށް ބޮޑަށް ތަޅައިގެން ދިޔުމުގެ އިތުރަށް
އެތަނުގައި ހުރި ސްޓެލްކޯގެ ކަރަންޓް ފޮއްޓެއް ވެސް ވެއްޓިފައިވާ ކަމަށެވެ. އަދި ބުނީ އެ އެކްސިޑެޓްގެ ސަބަބުން ކާރަށް ވެސް އެކިވަރުގެ ގެއްލުންތައް ވެފައިވާ ކަމަށެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެ އެކްސިޑެންޓް ހިނގި ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށާއި މިހާރު އެ މައްސަލަ ތަހުގީގް ކުރަމުން އަންނަ ކަމަށެވެ.