04 Aug 2012, 16:46
މަސްތުވާތަކެއްޗާއި ކަނޑިއަކާ އެކު 18 އަހަރުގެ މީހަކު ފާޚާނާއެއްގެ ތެރެއިން ހައްޔަރު ކޮށްފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ އެ މައްސަލައާ ގުޅިގެން ހައްޔަރު ކުރީ ދާންދޫ މީހެއް ކަމަށެވެ.
އަދި އެމީހާ ހައްޔަރު ކުރީ ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން އޭނާ ދިރިއުޅެމުން ދިޔަ ގޭގައި ހަދަމުންދިޔަ ފާހާނާއެއްގެ ތެރެއިން ކަމަށް ވެސް ފުލުހުންގެ އޮފިޝަލު ވިދާޅުވި އެވެ.
މިއަދު މެންދުރު ހައްޔަރު ކުރި 18 އަހަރުގެ މީހާގެ އަތުން ކަނޑިއެއްގެ އިތުރުން މަސްތުވާތަކެތި ކަމަށް ތުހުމަތު ކުރެވޭ 22 ރަބަރު ހޮޅިކޮޅާއި ބުލެޓް ސައިޒްގެ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.