އޮލިމްޕިކް ގޭމްސްގެ އަންހެން ފުޓްބޯޅަ އިވެންޓުގެ ސެމީ ފައިނަލަށް ޓީމްތައް ދަތުރު ކޮށްފި އެވެ. މުބާރާތުގެ ސެމީ ފައިނަލަށް ދަތުރު ކުރި ޓީމްތަކަކީ، ޖަޕާނާއި ފްރާންސް އަދި އެމެރިކާ އާއި ކެނެޑާ އެވެ.

މިމުބާރާތުގެ ސެމީ ފައިނަލުން ޖަޕާން ޖާގާހޯދީ ކުއާޓާ ފައިނަލްގައި ރޭ 2-0 ލަނޑުން ބްރެޒިލް ބަލިކުރުމަށް ފަހު އެވެ.

މިމެޗުގެ ފުރަތަމަ ލަނޑު ޖަޕާނުން ޖެހީ މެޗުގެ 27 ވަނަ މިނެޓުގަ އެވެ. އެލަނޑު ޖަޕާނަށް ކާމިޔާބުކޮށްދިނީ ޔުނީ އޮގީމީއެވެ. ބްރެޒިލް ކޮޅަށް ޖަޕާނުން ޖެހި އެޓީމްގެ ދެ ވަނަ ލަނޑު މެޗުގެ ދެ ވަނަ ހާފުގެ 73 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބު ކޮށްދިނީ ސިނިބޫ އޮނޯއެވެ.

ބްރެޒިލް ބަލިކޮށް މުބާރާތުގެ ސެމީފައިނަލުން އެންމެ ފަހުގެ ޗެމްޕިއަން ޖަޕާން ޖާގަ ހޯދި އިރު، ސެމީ ގައި އެޓީމާ ދެކޮޅަށް ނުކުންނާނީ ކުއާޓާފައިނަލުގައި ރޭ 2-1 ލަނޑުން ސްވިޑަން ބަލިކުރި ފްރާންސްއެވެ. މިމެޗް ކުޅޭނީ އަންނަ ހޯމަ ދުވަހު އެވެ.

މީގެއިތުރުން ރޭ ކުޅުނު އަނެއް ދެމެޗަށް ބަލާއިރު، އެމެރިކާ އާއި ކެނެޑާވެސް ވަނީ މުބާރާތުގެ ސެމީ ފައިނަލުން ޖާގައެއް ކަށަވަރު ކޮށްފަ އެވެ. އެގޮތުން އެމެރިކާ ސެމީން ޖަގާ ހޯދީ ކުއާޓާގައި ނިއު ޒިލޭންޑް އަތުން ރޭ 2- 0 އިން މޮޅުވެގެންނެވެ. އަދި ކެނެޑާ ސެމީއިން ޖާގާ ހޯދި ކުއާޓާގައި ރޭ އިނގިރޭސިވިލާތް 2-0 ލަނޑުން ބަލިކުރުމަށްފަހު އެވެ.

ސެމީ ފައިނަލުގައި ކެނެޑާއާ ދެކޮޅަށް އެމެރިކާ ބައްދަލުކުރާ މެޗް ވެސް ކުޅޭނީ އަންނަ ހޯމަ ދުވަހުގެ ރެއެވެ.