ލަންޑަންގައި ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު ގޭމްސްގައި އެމެރިކާގެ މަޝްހޫރު ފެތުންތެރިޔާ މައިކަލް ފެލްޕްސް ރަން މެޑަލްއެއް ހޯދައިފި އެވެ.

ޕެލްޕްސް މިފަހަރު ރަންމެޑަލް ހޯދީ ސަތޭކަ މީޓަރު ބަޓަފްލައި އިވެންޓުންނެވެ. އެގޮތުން އޭނާ ރޭސް ނިންމީ 51.21 ސިކުންތުންނެވެ.

މިފަހަރުގެ ގޭމްސްގައި ޕެލްޕްސް ހޯދި ރަން ވަނަޔާ އެކު، އޭނާގެ ނަން މިހާރު ވަނީ އޮލިމްޕިކްސް ގޭމްސްގެ އެންމެ ކާމިޔާބު ވަނަތައް ހޯދި އެއް އެތުލީޓަށް ވެފަ އެވެ. އެގޮތުން މިހާތަނަށް ޕްލްޕްސް ބައިވެރިވި ތިން އޮލިމްޕިކްސްގައި 21 މެޑަލް ހޯދިއިރު، އެންމެ ގިނައިން އޭނަ ހޯދީ ރަންމެޑަލް އެވެ. އެގޮތުން މިހާތަނަށް 17 ރަން މެޑަލްއެއް އޭނަ ވަނީ ހޯދައިފައިވާ އިރު، މިފަހަރުގެ ގޭމްސްގައި މިހާތަނަށް ޕެލްޕްސް ވަނީ ފަސް މެޑަލް ހޯދައިފަ އެވެ.

މިފަހަރުގެ އޮލިމްޕިކްސް ގޭމްސްގައި 204 ގައުމަކުން 10000 ވުރެ ގިނަ އެތްލީޓުން ވާދަކުރާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެ އެވެ.