ތޮއްޑޫ މުހައްމަދު ނިޒާމްގެ ހެޓްރިކާއެކު އީގަލްސް 5-0 އިން ބަލިކޮށް ނަލަހިޔާ ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގެ ސެމީ ފައިނަލަށް ވެލެންސިއާ ދަތުރުކޮށްފި އެވެ.

އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަން ޓީމުން އީގަލްސް ކޮޅަށް ޖެހި އަނެއް ދެ ލަނޑު ޖެހީ އިމްރާން ވާފިރާއި އަބުދުﷲ ޝާހިދެވެ. ވެލެންސިއާ އާއި ކުރީގެ ގައުމީ ކެޕްޓަން ތޮއްޑޫ މި މެޗުގައި ޖެހި ތިން ގޯލާއެކު މުބާރާތުގައި އޭނާ ޖެހި ލަނޑުގެ އަދަދު ވަނީ ހަޔަކަށް އަރައިފަ އެވެ.

މުބާރާތުގެ ސެމީ ފައިނަަލަށް ދާނީ ލީގު އުސޫލުން ހަތް ޓީމު އެއްބުރު ކުޅެނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. މި މުބާރާތަކީ ކުޅުންހުއްޓާލާފައިތިބި 35 އަހަރުން މަތީގެ ކުޅުންތެރިންގެ މުބާރާތެކެވެ.