04 Aug 2012, 12:54
އިންގްލޭންޑުގެ ލިވަޕޫލް ފޯވާޑް އޭންޑީ ކެރޯލްއަށް އެހެން ކުލަބުތަކުން ހުށަހެޅުންތަކެއް ލިބެމުންދިޔަ ނަމަވެސް، ކުލަބުގައި ކެރޯލް މަޑުކޮށްގެން ހުރީ އުފަލާ އެކު ކަމަށް އޭނާގެ އެޖެންޓު ބުނެފި އެވެ.
އަންނަ ސީޒަންގެ ޕްރެމިއާ ލީގަށް އަލަށް ޕްރޮމޯޓްވި ވެސްޓް ހާމް ޔުނައިޓެޑުން ކެރޯލް ގެންދަން މަސައްކަތް ކުރާކަމުގެ ވާހަކަތަކެއް މީޑިއާގައި ފެންމަތިވެފައި ވުމުން، ކެރޯލްގެ އެޖެންޓު ބުނީ، ކެރޯލް ހޯދުމަށް ގިނަ ކުލަބުތަކުން މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށާއި އެގޮތުން ވެސްޓް ހާމް ޔުނައިޓެޑްއިން ކެރޯލްގެން ދިއުމަށް ހުށަހެޅީ 19 މިލިޔަން ޕައުންޑްގެ އަގެ ކެވެ. އެހެން ނަމަވެސް އެއަގު ކެރޯލް ގަބޫލް ނުކުރާ ކަމަށް އެޖެންޓު ވަނީ ބުނެފަ އެވެ.
"ވެސްޓުހާމް އިން ކެރޯލް ގެންދިއުމަށް ރަސް މީކޮށް އަގު އުށަހަޅާފައި ވަނީ ދެ ގޮތަށްް. ފުރަތަމަ ގޮތަކީ ސީޒަން ފެށޭއިރަށް ދެ މިލިޔަން ޕައުންޑް ދިނުން. ދެ ވަނަގޮތަކީ ސީޒަން ނިމުމުން ބާކީ 17 މިލިޔަން ޕައުންޑް ދިނުމަށް. އެކަމަމު ކެރޯލްގެ ވިސްނުން ހުރީ ލިވަޕޫލްގައި މަޑުކުރުމަށް. އޭނާ ލިވަޕޫލްގައި ހުރީ އުފަލާ އެކު،" އެޖެންޓު ބުންޏެވެ.
އުމުރުން 23 އަހަރުގެ ކެރޯލްއަށް ހުށަހެޅުންތަކެއް ލިބެމުންދިޔަ ނަމަވެސް، އޭނާގެ ޚިޔާލުގައި ހުރީ ޔޫރަޕްގެ ބޮޑެތި މުބާރާތްތަކަށް ކޮލިފައިވެފައިވާ ކްލަބަކަށް ބަދަލުވުމުގެ ޚިޔާލެއްކަމަށް ބައެއް މީޑިއާ ރިޕޯޓްތަކުގައި ބުނެފައިވެ އެވެ.