ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރަމުންދާއިރު ރާއްޖޭގައި ޒުވާން ޖީލެއް ބިނާކުރުމަށްޓަކައި ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރައްވާނެކަމުގެ ޔަގީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ދެއްވައިފިއެވެ.

'އެކްސް'ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދުނިޔޭގެ އާބާދީ ދުވަސް ފާހަގަކުރާއިރު އެންމެންނަށް ހަމަހަމަ ފުރުސަތުތައް ފަހިކޮށްދީ، އެންމެންގެ ދުޅަހެޔޮކަން ކުރިއެރުވުމުގެ މުހިންމުކަމާމެދު ވިސްނާލުން މުހިންމު ކަމަށެވެ.

އެގޮތުން، 2062 ވަނަ އަހަރު އަންނައިރު ރާއްޖޭގެ އާބާދީގެ ފަސްބައިކުޅަ އެއްބަޔަކީ 65 އަހަރުން މަތީގެ މީހުން ކަމަށް ބެލެވޭ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ސަރުކާރުން އެންމެ ބޮޑު އިސްކަމެއްދެނީ ޒުވާން ޖީލު ތައްޔާރަށް ތިބި މުސްތަގުބަލެއް ގާއިމުކުރުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.

އެހެންވެ، ދަރިމައިވުމުގެ ސިއްހީ ޚިދުމަތް ލިބުން އިތުރުކުރުމާއި، ތައުލީމުގެ ފެންވަރު މަތިކުރުމާއި، އެކަށީގެންވާ ބޯހިޔާވަހިކަން ކަށަވަރުކޮށްދިނުމާއި، ކޮންމެ ދިވެހި ރައްޔިތެއްގެ އާންމު އިޖުތިމާއީ އަދި އިގުތިސާދީ ދުޅަހެޔޮކަން ހިމާޔަތްކުރުމަށް ކުރާ އިންވެސްޓްމަންޓްތައް ދަމަހައްޓާނެކަމުގެ ޔަގީންކަން އެ މަނިކުފާނު ވަނީ ދީފައެވެ.

ރާއްޖޭގައި ދަރިން ހޯދާ ނިސްބަތް ކަންބޮޑުވާ މިންވަރަކަށް ދަށްވެފައިވާކަން ދިރާސާތަކުން ދައްކައެވެ.

ދަރިން ހޯދާ މިންވަރު މަދުވާ ސަބަބު ދެނެގަންނަން ރާއްޖޭގެ ގައުމީ ޔުނިވާސިޓީއާއި، ޔޫއެންއެފްޕީއޭ ގުޅިގެން ކުރިއަށްގެންދިޔަ ދިރާސާއަކުން ދެއްކި ގޮތުގައި ދަރިން ގިނައިން ހޯދަން ބާރު އެޅޭނެ އެއްގޮތަކީ، ގިނަ ދަރިން ތިބޭ މީހުންނަށް ދައުލަތުން ފައިސާގެ އެހީ ދިނުމެވެ. އެ ދިރާސާއިން ދެއްކި ގޮތުގައި ރާއްޖޭގައި ދަރިން ހޯދުން މަދުވާ އެންމެ މައިގަނޑު ދެ ސަބަބަކީ

ދަރިން ހޯދަން ދަތިވާ ސިއްހީ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ފަލަވުމާއި، ހަށިގަނޑުން ވިޓަމިން ޑީ މަދުވުމާއި އަންހެނުންގެ ޕޮލިސިސްޓިކް އޯވަރިއަން ސިންޑްރޯމް (ޕީސީއޯއެސް) ހުންނަ މިންވަރު އިތުރުވުން ހިމެނޭ ކަމަށް ވެސް

ރާއްޖޭގައި މި ވަގުތު އައިވީއެފްގެ ޚިދުމަތް ލިބެނީ ޕްރައިވެޓް ހޮސްޕިޓަލެއް ކަމަށްވާ ޓްރީ ޓޮޕް ހޮސްޕިޓަލުންނާއި ދަރުމަވަންތަ ހޮސްޕިޓަލުންނެވެ.

މި ދިރާސާގައި ބައިވެރިވި، ސިޔާސަތުތައް އެކުލަވައިލާ ބޭފުޅުންގެ ފޯކަސް ގްރޫޕުން ވަނީ ސިޔާސަތު އެކުލަވައިލުމުގެ މަރުހަލާގައި ފާހަގަވާ މުހިންމު މައްސަލަތައް ހާމަކޮށްފައެވެ. އެ ބޭފުޅުންގެ ފަރާތުން އެނގުނު ކަންކަމުގެ ތެރޭގައި ހިމެނެނީ:

  • ގައުމީ ދަރިމައިވުމުގެ ސިިޔާސަތެއް ނެތުން.

  • ޑޭކެއާ، ވަޒީފާގެ މާހައުލުގެ ސިޔާސަތުތައް ބިނާވެފައިހުރީ ދަރިން ހޯދުން އިތުރުކުރުމުގެ ލަނޑުދަނޑިއާ ދިމާނުވާހެންކަން.
  • ދައުލަތުގެ ވުޒާރާތަކުގެ މެދުގައި މައުލޫމާތު ބަދަލުކުރުމުގައި ހުރި ދަތީގެ ސަބަބުން އެންމެ ރަނގަޅު ސިޔާސަތެއް އެކުލަވައިލަން ހުރަސް އެޅޭކަން.
  • ޒުވާނުންގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް އައި ބަދަލު އެނގުނު ނަމަވެސް އެ ކަމަށް ސިޔާސަތުތައް ބިނާކުރުމުގައި އެކަށީގެންވާ އިޖާބައެއް ނުދެވުން.