އެއާޕޯޓުން ފުރާ ކޮންމެ މީހެއްގެ އަތުން ނަގަން ނިންމާފައިވާ އެއާޕޯޓް ޑިވަލޮޕްމަންޓް ޗާޖް (އޭޑީސީ)ގެ 25 ޑޮލަރާއި އިންޝުއަރެންސްގެ ދެ ޑޮލަރު ނުނެގޭ މައްސަލަ ހައްލުކުރަން އެއާޕޯޓް އޮަޕަރޭޓް ކުރާ އިންޑިއާގެ ޖީއެމްއާރުން އެ މައްސަަލަ ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ވައްދައިފި އެވެ.

ޖީއެމްއާރާއި ސަރުކާރާއި ދެމެދު ކުރެވިފައިވާ އެގްރިމަންޓްގައިވާ ގޮތުން އެގްރިމަންޓްގައިވާ ކަމަކާއިި ދެމެދުު ދެ ބަސްވުމެއް އުފެދި ހައްލުނުކުރެވިއްޖެ ނަމަ އެ މައްސަލަ ހައްލުކުރަން ޖެހޭނީ ސަިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް އެ މައްސަލަ ހުށަހަޅައިގެނެވެ.

ޖީއެމްއާރާއެކު މަޝްވަރާތަކުގައި ހަރަކާތްތެރިވާ ސަރުކާރުގެ އޮފިޝަލަކުވެސް ވަނީ އޭޑީސީގެ 25 ޑޮލަރުގެ މައްސަލައަށް ހައްލެއް ގެންނަން ސިންގަޕޫރުގެ އާބިޓްރޭޝަން ކޯޓަށް ޖީއެމްއާރުން އެ މައްސަލަ ވައްދަން މަސައްކަތް ކުރާ ކަމަށް ވިދާޅުވެފަ އެވެ. އެ މައްސަލަ ކޯޓަށް ވެއްދިކަން ޖީއެމްއާރުންވެސް ވަނީ ކަށަވަރު ކޮށްދީފަ އެވެ.

ޖީއެމްއާރުން އެ މައްސަލަ ސިންގަޕޫރުގައި އާބިޓްރޭޓްކުރަން ހުށަހަޅާފައިމިވަނީ އެއާޕޯޓް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ކޮންސެޝަންފީ އުނިކުރަން ކުރީގެ ޗެއާމަން ހުއްދަ ދެވި ސިޓީ ބާތިލް ކުރުމަށް މިދިޔަ މަހު ސިވިލް ކޯޓަށް ހުށަހަޅައިފައި ވަނިކޮށެވެ.

އޭޑީސީގެ 25 ޑޮލަރާއި އިންސުއަރެންސްގެ ދެ ޑޮލަރު ޖީއެމްއާރަށް ނުނެގެނީ އެ ފައިސާ ނުނެގޭނެ ކަމަށް ސިވިލް ކޯޓުން ކުރި ހުކުމަކާއި ގުޅިގެންނެވެ.