02 Aug 2012, 21:20
ވަތަނިއްޔާއިން ރާއްޖޭގައި މޮބައިލް ފޯނުގެ ދޭން ފެށުމާއެކު އިންޓަނޭޝަނަލް ކޯލްތަކުގެ އަގު ބޮޑުތަނުން ހެޔޮވެފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ. ނޫސް ބަޔާނެއް މެދުވެރިކޮށް މުއާސަލާތީ އެކުންފުނިން އެހެން ބުނީ އެކުންފުނިން ހިދުމަތަށް ހަތް އަހަރު ފުރުމާ ގުޅިގެނެވެ.
ވަތަނިއްޔާއިން މިހާރު ފަށާފައިވާ ޕްރޮމޯޝަންތަކުގައި ވެސް ރާއްޖޭން ބޭރަށް ގުޅުމަށް 1.69ރ. ގެ ރޭޓެއް އެ ކުންފުނިން ވަނީ ކަނޑައަޅާފައިވެ އެވެ.
ވަތަނިއްޔާއިން ބުނީ މުއާސަލާތީ ހިދުމަތަކީ އަސާސީ ހިދުމަތަކަށްވާއިރު އެ ކުންފުނީގެ ސަބަބުން އެ ހިދުމަތްތައް އަގު ހެޔޮކޮށް ލިބުމުގެ މަގު ފަހިވެ މުއާސަލާތީ ގޮތުން ކުރިއަރާފައިވާ އެތައް ހިދުމަތެއް ރާއްޖެއަށް ތައާރަފުވި ކަމަށެވެ. އަދި ރާއްޖޭގައި ފުރަތަމަ ފަހަރަށް ތްރީޖީގެ ހިދުމަތާއި ބްލެކްބެރީގެ ހިދުމަތް ތައާރަފުވުމުގެ އިތުރުން ފެހި ޓެކްނޮލޮޖީގެ ތެރެއިން ސިންގަލްރޭން މޮނޮޕޯލްގެ ހިދުމަތްވެސް ފުރަތަމަ ތައާރަފުކޮށްދެވިފައިވާ ކަމަށެވެ.
ވަތަނިއްޔާގެ ބަޔާނުގައި ބުނަނީ މިދިއަ ހަތް އަހަރު ދުވަހުގެ ތެރޭގައި މުއާސަލަތީ ހިދުމަތާއެކު ޒަމާނީ ޓެކްނޮލޮޖީއަށް ކޮށްދީފައިވާ ހިދުމަތްތަކުގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކުގެ ހަރަކާތްތަކަށާއި ފަރުދުނަނަށް އެކުންފުނިން އެއްބާރުލުން ދީފައިވާނެ ކަމަށެވެ.
ގަތަރު ޓެލެކޮމްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ވަތަނިއްޔާއިން ރާއްޖޭގައި މޮބައިލް ހިދުމަތް ދޭން ފަށާފައިވަނީ 2005 ގެ އޯގަސްޓް އެއްވަނަ ދުވަހު އެވެ.