16:47


މިހާރު ކުލި ނަގާ އުސޫލު ބަދަލުކޮށް އެނދު ކުލީގެ ބަދަލުގައި އެ ތަނެއް ހިންގާ ބިމުގެ ބޮޑު މިނުން ކުލި ނަގާ ގޮތަށް ޓޫރިޒަމްގެ ގާނޫނަށް އިސްލާހު ގެނައުމަށް ރައްޔިތުންގެ މަޖިލީޙުން މިއަދު ފާސްކޮސްފި އެވެ.


މި ބިލުގައިވާ ގޮތުން، ދެލައްކަ އަކަ މީޓަރަށް ވުރެ ކުޑަ ބިމަކުން ނަގާ ކުލި އެއް މިލިޔަން ޑޮލަރަށްވުރެ ބޮޑުވާ ނަމަ އެ ބިމެއްގެ ކުއްޔަކީ، އަހަރަކު އެއް މިލިޔަން ޑޮލަރުކަމަށް ވަނީ ކަނޑައަޅައިފަ އެވެ. އަދި އެއް މިލިޔަން ޑޮލަރަށް ވުރެ ބިމުގެ ކުލި ކުޑަ ނަމަ އަކަ މީޓަރަކަށް އަށް ޑޮލަރުގެ ރޭޓުން ކުލި ނެގުމަށް ވެސް ކަނޑައަޅާފައިވެ އެވެ. އަދި ދެލައްކަ އަކަ މީޓަރުން ފެށިގެން ހަތަރު ލައްކަ އަކަ މީޓަރާ ދެމެދުގެ ބިމެއް ނަމަ އަހަރަކު ދޮޅު މިލިޔަން ޑޮލަރު ކުލީގެ ގޮތުގައި ނެގުމަށް ކަނޑައަޅާފައިވާ އިރު، ހަތަރު ލައްކަ އަކަ މީޓަރަށް ވުރެ ބޮޑު ބިމަކުން ނަގާ ކުލި ދެ މިލިޔަން ޑޮލަރަށް ވުރެ ބޮޑުވާ ނަމަ އެ ބިމަކުން އަހަރަކަށް ދެ މިލިޔަން ޑޮލަރުގެ ކުއްޔެއް ނެގުމަށް ވެސް ބިލުގައި ވަނީ ކަނޑައަޅައިފަ އެވެ.