10:00


މާލޭގައި ދިރިއުޅޭ ބިދޭސީންގެ ދިރިއުޅުން ތިލަފުއްޓަށް ބަދަލުކުރުމާ ބެހޭ ގޮތުން ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކޮށްފި އެވެ.


ސަރުކާރުގެ ގެޒެޓްގެ މިއަދުގެ އަދަދުގައި ބުނެފައިވަނީ މާލޭގައި އުޅޭ ބިދޭސީންގެ ދިރިއުޅުން ތިލަފުއްޓަށް ބަދަލުކުރުމާ މެދު ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވީ މިނިސްޓްރީ އޮފް ޔޫތް އެންޑް ސްޕޯޓްގެ ފަރާތުން ހުށަހެޅުއްވި ކަރުދާހަކާ ގުޅިގެން ކަމަށެވެ. އަދި އެ ސަރުދާހަށް މެންބަރުން ބަހުސް ކުރެއްވުމަށް ފަހު، ވަޒީރުންގެ މަޖިލީހުގައި މަޝްވަރާކުރެއްވުނު ކަންތައްތަކުގެ އަލީގައި، އެކަމާ ބެހޭ ތަފްސީލް ދިރާސާއެއް ހެއްދެވުމަށްފަހު އަލުން ވަޒީރުންގެ މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމެވީ ކަމަށްވެސް ސަރުކާރުގެ ގެޒެޓްގައި ބުނެފައިވެ އެވެ.