ބާސެލޯނާގެ އާޖެންޓީނާ މިޑްފީލްޑަރު ހާވިއާ މަޝަރާނޯ އެކްލަބާ އެކު ހަދާފައިވާ އެއްބަސްވުން އާކޮށްފި އެވެ. އެ އެއްބަސްވުމުގައި ވާގޮތުން މަޝަރާނޯ ވަނީ 2016 ވަނަ އަހަރާއި ހަމައަށް ބާސާގައި މަޑުކުރުމަށް ނިންމައިފަ އެވެ.


ބާސާގެ ކޮންޓުރެކްޓް އާކުރުމަށް ފަހު އުމުރުން 28 އަހަރުގެ މަޝަރާނޯ ބުނެފައި ވަނީ، ބާސެލޯނާ އަކީ އޭނާ އެންމެ ގަޔާވެގެން ކުޅޭހިތްވާ އެއް ކުލަބް ކަމަށާއި އެކުލަބަށް ކާމިޔާބީ ހޯދާދިނުމުގައި ފަސް ނުޖެހޭނެ ކަމަށެވެ. އަދި 2016 ވަނަ އަހަރާ ހަމައަށް ބާސާގައި ހުރެވޭތީ އެކަމާ އުފާވާ ކަމަށް ވެސް މަޝަރާނޯ ވަނީ ބުނެފަ އެވެ.

"އަހަރެން އެންމެ ގަޔާވާހިތުން ކުޅޭހިތްވާ އެއް ކުލަބަކީ ބާސާ. އެކުލަބުގެ ހުށަހެޅުންތައް އަހަރެން ގަބޫލްކުރީ ވަރަށް ހިތްހަމަޖެހުމާ އެކު. ކުލަބުގައި ގިނަ ދުވަހު މަޑު ކުރެވޭތީ ވަރަށް އުފާވޭ،" ލިވަޕޫލްއަށް ކުޅުމަށް ފަހު 2010 ވަނަ އަހަރު ބާސާއަށް ބަދަލުވި މަޝަރާނޯ ބުންޏެވެ.