އިންޑިއާ ސަރުކާރުގެ ދައުވަތަކަށް، ޑީއާރްޕީގެ ލީޑަރު އަހްމަދު ތަސްމީން އަލީ އެ ގައުމަށް ކުރައްވާ ދަތުފުޅުގައި އިންޑިއާގެ ނޭޝަނަލް ސެކިއުރިޓީ އެޑްވައިޒަރު ޝްރީ ޝީވްޝަންކަރު މެނަން އާއި އިންޑިއާގެ ފޮރިން ސެކެޓްރީ ޝްރީ ރަންޖަން މަތާއީއާ ބައްދަލު ކުރައްވައިފި އެވެ.

އެ ދެ ބޭފުޅުންނާއެކު ވަކިވަކީން ބައްދަލުވުން ބާއްވާފައި ވަނީ އިއްޔެ ހެނދުއެވެ.

ޑީއާރްޕީން ބުނީ އެ ބައްދަލުކުރެއްވުންތަކުގައި ޑީއާރްޕީން ގެންގުޅޭ ވިސްނުމާއި ސިޔާސަތުތައް ތަސްމީން އެ ބޭފުޅުންނާއެކު ހިއްސާ ކުރެއްވި ކަމަށާއި ރާއްޖޭގެ މިހާރުގެ ހަލާތާބެހޭ ގޮތުން ވެސް މަޝްވަރާކޮށް މައުލޫމާތުދެއްވި ކަމަށެވެ.

ތަސްމީނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅަކީ ޕާޓީގެ ލީޑަރެއްގެ ހައިސިޔަތުން އިންޑިއާގެ ބޮޑުވަޒީރު ޑރ. މަންމޯހަން ސިންގާ ބައްދަލު ކުރެއްވުމުމަށް އިންޑިޔާގެ ސަރުކާރުގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށް ޑީއާރްޕީން ބުނެ އެވެ. ނަމަވެސް ޑރ. މަންމޯހަން ސިންގާ އަދި ބައްދަލު ކުރައްވާފައެއްނުވެ އެވެ.

ތަސްމީނުގެ އެ ދަތުރުފުޅުގައި އިންޑިއާގެ ރިސާޗް މަރުކަޒެއްކަމުގައިވާ އޮބްޒާވާސް ރިސާޗް ފައުންޑޭޝަން (އޯއާރްއެފް) ގައި ތަގްރީރު ކުރައްވާނެ ކަމަށާއި މީޑިއާ ބައްދަލު ކުރައްވަނެ ކަމަށް ވެސް ޑީއާރުޕީން ބުނެ އެވެ.