ދިރާގު ދިވެހި ލީގުގައި މާޒިޔާ އަތުން 4-0 އިން ބަލިވުމުން ފުރަތަމަ ޑިވިޝަނުގައި ދެމިއޮތުމަށް ވެލެންސިއާ ރެިލގޭޝަން ކުޅެންޖެހޭނެކަން ކޯޗު އަހުމަދު ނާޝިދު (ނާދު) ޔަގީންކޮށްފި އެވެ.

"އަހަރެންގެ އެކްސްޕީރިއަސްގައި ބުނާނީ ރެލިގޭޝަން ކުޅެން ޖެހޭނެއޭ. ކުރިއަށް (ދެ ވަނަ ބުރުގައި) މިއޮތީ ވަރުގަދަ (ވިކްޓަރީ އާއި އީގަލްސް) މެޗު،" ނާދު ބުންޏެވެ.

ދިރާގު ދިވެހި ލީގުން ރެލިގޭޝަން ކުޅެން ޖެހޭނީ ދެ ވަނަ ބުރު ނިމޭއިރު އެންމެ ފުލަށްދާ ދެ ޓީމެވެ. މިހާތަނަށް 12 މެޗުން ވެލެންސިއާ އަށް ލިބިފައިވަނީ ހަތް ޕޮއިންޓާއެކު އަށް ޓީމު ވާދަ ކުރާ ލީގުގެ ޓޭބަލުގެ އަށް ވަނަ އެވެ. މިއާީ ހަވާނައި އޮތް އޭވައިއެލް އަށްވުރެ ހަތަރު ޕޮއިންޓް މަދު އަދަދެކެވެ. މިހެންވެ ވެލެންސިއާ ގަދަ ހަޔަކަށް އަރާނީ އޭވައިއެލް އާއި ހަތްވަނާގައި އޮތް ވިޔަންސާ ކުޅޭ މެޗުތަކުން ބަލިވެ ބާކީ އޮތް ދެ މެޗުން މަދުވެގެން ވެލެންސިއާ ހަތްރު ޕޮއިންޓް ހޯދައި، ގޯލު ޑިފަރެންސް އެ ދެ ޓީމަށްވުރެ އިތުރުވެގެނެވެ.

ދިވެހި ލީގުގެ ތާރީހުގައި އެންމެ ކާމިޔާބު ޓީމު ވެލެންސިއާ މިހާލަތަށްދިޔަ މިއީ ފުރަތަމަ ފަހަރެވެ.