ދިރާގު ދިވެހި ލީގުގައި ރޭ ވެލެންސިއާ އަތުން 4-0 އިން މޮޅުވެ ފަސް ވަނާގައިވާ އީގަލްސްއާ ހަ ޕޮއިންޓް ފެއަށް މާޒިޔާ ޖެހިލައިފި އެވެ.

ރޭގެ މެޗުގައި މާޒިޔާ އަށް ލަނޑު ޖަހައިދިނީ އަހުމަދު ރަޝީދު (އައްމަޑޭ) އާއި އިސްމާއީލް އީސާ (މެސީ) އަދި ދެ ގީޯލު ޖެހި އަސަދުﷲ އަބުދުﷲ އެވެ.

މިމޮޅާއެކު ވީބީއާއި ވިކްޓަރީއާ އެންމެ ޕޮއިންޓަކާ ކައިރިއަށް މާޒިޔާ ޖެހިލީ 20 ޕޮއިންޓާއެކުގެ އެވެ. ވީބީ އާއި ވިކްޓަރީ އަށް 21 ޕޮއިންޓް ލިބިފައިވާއިރު އީގަލްސް އަށް ލިބެނީ 14 ޕޮއިންޓެވެ. ލީގުގެ ގަދަ ހަޔަކުން ޖާގަ ލިބޭނީ ދެ ވަނަ ބުރުނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަ ޓީމަށެވެ. އަދި ގަދަ ހަތަރަކުން ޖާގަ ލިބޭނީ ހަ ޓީމު ކުޅޭ ތިން ވަނަ ބުރުނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.

މެޗަށް ފަހު މާޒިޔާގެ ކޯޗު އިސްމާއީލް މަހުފޫޒް (އިންމަ) ބުނީ ހުރިހާ ކުޅުންތެރިން ވެސް ކުޅުނީ މޮޅުވާން ކަމަށާއި އެކަން ކާމިޔާބު ކުރެވުމުން ވަރަށް ބޮޑަށް ހިތްހަމަ ޖެހިއްޖެ އެވެ.

ވެލެންސިއާގެ ކޯޗު އަހުމަދު ނާޝީދު (ނާދު) ބުނީ ކީޕަރު އިބްރާހީމް އިފްރާހުގެ ބޯމަތިން ގޯލުގެ ކަނަށްއޮއްސުނު ލަނޑާއެކު މެޗު ބަދަލުވެއްޖެ ކަމަށެވެ. އަދި ޑިފެންސް ލައިން ވަރަށް ބޮޑު ގޯސްތައް ހަދާ ކަމަށާއި އެކަން ރަނގަޅު ކުރަން ވަގުތު ނެތް ކަމަށެވެ.