ސަރުކާރާ ދެކޮޅަށް ސީދާ ކުއްލި ހަރަކާތުގެ ނަމުގައި އެމްޑީޕީން މާލޭގައި ސިލްސިލާކޮށް ކުރަމުންދާ މުޒާހަރާތަކާއި ގުޅިގެން ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން މިއަދު ބަޔާނެއް ނެރެފައިވަނީ ކޮމިޝަންގެ ރައީސާ ޝަހިންދާ އިސްމާއީލް ބޭނުންފުޅުވި ގޮތަށް ނޫން ކަމަށް އެކަމަނާ ވިދާޅުވެއްޖެ އެވެ.

ޕޮލިސް އިންޓަގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނާއި ގުޅޭ ގޮތުން ޝަހިންދާ މިރޭ ވިދާޅުވީ ކޮމިޝަނުން ބަޔާނެއް އާންމުކުރީ އެނާ ޗުއްޓީގައި ހުންނަވަނިކޮށް ކަމަށާއި އެ ބަޔާނުގައި ހިމަނަންޖެހޭ ކަންތައް ތަކެއް ބަޔާން އާންމުކުރުގެ ކުރިން އަންގާފައިވާނެ ކަމަށެވެ.

އެކަމަނާ ވިދާޅުވީ ކޮމިޝަނުން ނެރުނު ބާޔާނުގައި ފުލުހުންގެ ފަރާތުންވެސް ފެންނަ ނެދެވޭ ކަންތައްތަކެއް ފާހަގަކޮށް އެ ބަޔާނުގައި ހިމަނަން ކޮމިޝަން ނާއިބު ރައީސަށް ދަންނާފައިވާނެ ކަމަށާއި ނަމަވެސް އެ ބަޔާނުގައި އެކަންތައްތައް ހިމަނާފައި ނުވާ ކަމަށެވެ.

"ބަޔާން ނެރުނުމުގެ ކުރީން އަޅުގަނޑަށް ފޮނުވި ބަޔާނުގައި ޑްރާފްޓެއް. އަޅުގަނޑު ދެންނެވިން އެ ބަޔާނުގައި ހިމަނަންޖެހޭ ބައެއް ކަންތައް ނުހިމަނާ ހުރިކަމަށް. އަދި އެ ބަޔާން ނެރުނީ އެކަންތައް ނުހިމަނައި ބަޔާން ނުނެރުމަށް ކޮމިޝަނުގެ ނައިބު ރައީސަށް ދަންނަވާފައި ވަނިކޮށް،" ޝަހިންދާ ވިދާޅުވި އެވެ.

ޝަހިންދާ ވިދާޅުވީ މިހާރު އެ ބަޔާން އޮތް ގޮތުން އެއްފަރާތަކަށް ބުރަވެފައިވާ ކަމަށް ބުނެވިދާނެ ކަމަށާއި ބަޔާނުގައި ހިމަނަން އެކަމަނާ ފާހަގަ ކުރައްވި ފުލުހުންގެ ފަރާތުން ފެންނަ ކަންކަން ހިމާނާފައި ނެތްކަމަށެވެ.

"ފުލުހުންގެ ފަރާތުން ފެނުނު ނޭދޭވެ ބައެއް ކަންތައް ހިމާނާފައި ނުވުމުން މިހާރު އެ ބަޔާނަކީ އެއް ފަރާތަކަށް ޖެހިފައިވާ ބަޔާނެއް ކަމަށް ބުނުމުގެ ފުރުސަތު އެބަ އޮތް،" އޭނާ ވިދާޅުވި އެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނެރުނު ބަޔާނުގައި ފާހަގަކޮށްފައިވާ ކަންތައް ތަކާއިމެދު އެމްޑީޕީން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ. ކޮމިޝަނުން ނެރުނު ބަޔާނަށް ރައްދުދީ އެމްޑީން ވަނީ ބަޔާނެއް ވެސް ނެރެފައެވެ. އެ ބަޔާނުގައި ބުނަނީ އެމްޑީޕީން އަބަދުވެސް ކުރަމުންގެންދަނީ މައުލޫއެއް އޮތް ކަންކަމުގައި މައުނަވީ އަދި ސުލްހަވެރި މުޒާހަރާތަކާއި އިހްތިޖާޖުތަކެއް ކަމަށެވެ. އަދި ޖުލައި މަހުގެ ކުރީކޮޅުން ފެށިގެން އެމްޑީޕީން ކުރަމުންދާ މުޒާހަރާއަކީ ވެސް ސުލްޙަވެރި މުޒާހަރާތަކެއް ކަމަށެވެ.

އެމްޑީޕީން ނެރުނު ބަޔާނުގައި ކޮމިޝަނަށް ފާޑު ކިޔަމުން ބުނެފައި ވަނީ އެކޮމިޝަނުން އެ ފަދަ ބަޔާންނެއް ކޮމިޝަނުން ނެރުނުއިރު، އަބަދުވެސް ފުރަތަމަ ފާހަގަކުރަންޖެހޭ އެއްކަމަކީ މައްސަލައެއް ބެލުމުގެ މާކުރިން ބައިނަލް އަޤްވާމީ ފަރާތްތަކުންނާއި އދ. އިން އެކަމަކަށް ސަމާލުކަންދީ އެކަމުގައި ޙަޤީޤަތް ހާމަކޮށް ކަންބޮޑުވުން ފާޅުކުރާކުރުމެވެ.

ޕޮލިސް އިންޓެގްރިޓީ ކޮމިޝަނުން ނެރިފައިވާ ބަޔާނުގައި އެމްޑީޕީން ކުރަމުންދާ މުޒާހަރާގައި އާންމުންގެ ފަރާތުން ފުލުހުންނަށް އަނިޔާތައް ވަމުންދާ ކަމަށް ބުނެ ގިނަ ކަންތައްތަކެއް ފާހަގަކޮށްފައިވެއެވެ.