01 Aug 2012, 19:53
ރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތީގެ ވިޔަފާރި ހިންގާ ކަމުގެ ތުހުމަތުގައި ހައްުޔަރުކޮށްފައިވާ ފަސް މީހެއް މައްސަލައިގެ ތަހުގީގު ނިންމައި ޕްރޮސެކިއުޓާ ޖެނެރެލްގެ އޮފީހަށް ފޮނުވައިފި އެވެ.
ފުލުހުން ބުނީ މިމައްސަލާގައި ދައުވާކޮށްދިނުމަށް އެދި ހުށަހަޅާފައިވާ މީހުންނަކީ ސ. ހިތަދޫ ސްޕަންޖުގެ އައިމިނަތު ޒާހިރާ 33، އާއި ހދ. ވައިކަރަދޫ، ކަސްތޫރިގެ މުހައްމަދު ރަޝީދު 50، އާއި ސ. ހިތަދޫ އުލްފާ މަންޒިލް އަހުމަދު ނަސީމް 40 އާއި ގއ. ދާންދޫ، ފެބްރުއަރީގެ ސައިފުﷲ ހަސަން 21، އާއި ބަންގްލަދޭޝްގެ ރައްޔިތެއް ކަމުގައިވާ ޝާހު އާލަމް 33 ކަމަށެވެ.
މި ހަ މީހުން ފުލުހުން އަތުލައިގެންފައިވަނީ 06 މެއި 2012 ވަނަ ދުވަހު ބިސްކޯދު ޑަބިޔަލެއްގައި ފޮރުވައިގެން އައްޑުއަށް މަސްތުވާތަކެތި އެތެރެ ކުރަން އުޅެނިކޮށް ފުލުހުން ހިންގި އޮޕަރޭޝަނެއްގަ އެވެ.