26 Aug 2010, 09:48
16:23
ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން 3.5 ޕަސެންޓްގެ ޓެކުހެއް ނެގުމަށް މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ އިން ފާސްކޮށްފި އެވެ.
ޓޫރިޒަމްގެ ހިދުމަތުން އެ ވަރުގެ ޓެކުހެއް ނެގުމަށް، މިއަދުގެ ޖަލްސާ އިން ފާސްވީ 74 މެންބަރުން ހާޒިރުވި ޖަލްސާގެ ތެރެއިން 70 ބޭފުޅުން ވޯޓް ދެއްވައިގެންނެވެ.
މި ބިލުގައިވާ ގޮތުން ހިދުމަތްދޭ ފަރާތްތައް ރަޖިސްޓްރީ ކުރަން ޖެހެ އެވެ. އަދި އެ ފަރާތްތަކުގެ ތެރެއިން ކޮންމެ މަހަކު ވިއްކާ ހިދުމަތުގެ އަގު ދިހަ ހާސް ޑޮލަރަށް ވުރެ މަތިވާ ނަމަ، ޓެކްސް ދައްކަން ޖެހޭނީ މަހަކު އެއް ފަހަރު ކަނޑައެޅިފައިވާ އުސޫލުންނެވެ. އަދި ކޮންމެ މާލީ އަހަރެއް ނިމޭއިރު ޓެކްސްގެ ބަޔާން ހުށަހަޅަން ޖެހޭނެ ކަމަށާއި ޓެކްސް ދެއްކުމުގައި އިހުމާލް ވެއްޖެ ނަމަ، ޓެކްސް ދަކަން ޖެހޭ ދުވަހުން ފެށިގެން މުއްދަތު ނިމެންދެން، އަހަރަކު ފަސް ޕަސެންޓްގެ ޖޫރިމަނާއެއް ދައްކަން ޖެހޭނެ ކަމަށް ވެސް ބިލުގައިވެ އެވެ.
މި ގާނޫނުގައި ބުނާ ގޮތުން، ގާނޫނުގައިވާ ކަންތައްތަކާ ހިލާފްވާ ފަރާތްތައް އެއްލައްކަ އާއި ފަސްލައްކަ ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އަދަބުތަކެއް ވަނީ ކަނޑައަޅައިފަ އެވެ. އަދި ހަ މަސް ދުވަހާއި ހަ އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމުގެ އިތުރުން ޓެކްސް ދައްކަން ޖެހޭ ޕަސެންޓް ބޮޑުކުރުމަށް ވެސް ވަނީ ކަނޑައަޅާފައިވެ އެވެ.
14:54
ޓޫރިޒަމްގެ ހިދުމަތްދޭ ތަންތަނުން 3.5 ޕަސެންޓްގެ ޓެކްސްއެއް ނެގުމަށް މިއަދު ރައްޔިތުންގެ މަޖިލީހުން ބިލެއް ފާސްކޮށްފި އެވެ.
ޓޫރިޒަމްގެ ހިދުމަތުން އެ ވަރުގެ ހިދުމަތެއް ދިނުމަށް މިއަދުގެ މަޖިލީހަށް ވަޑައިގަން 74 މެންބަރުންގެ ތެރެއިން 70 ބޭފުޅުން ވޯޓް ދެއްވި އެވެ.
އިތުރު ތަފުސީލު އަންނަނީ ---