01 Aug 2012, 17:42
ވެޓަރަންސް ކަޕް ފުޓްބޯޅަ މުބާރާތުގައި މާޒިޔާއާ އެކު 1-1 އިން އެއްވަރުކޮށް ވެލެންސިއާ ތާވަލުގެ ކުރީގައި ދަމަހައްޓައިފި އެވެ.
މި މެޗުގައި މާޒިޔާގެ ގޯލު ޖެހީ ވެލެންސިއާ އާއި ނިއު އަދި ގައުމީ ފުޓްބޯޅަ ޓީމުގެ ކުރީގެ މިޑްފީލްޑަރ އިސްމާއީލް މަހުފޫޒް (އިންމަ) އެވެ. އޭނާ އަކީ މާޒިޔާގެ ސީނިއާ ޓީމުގެ ކޯޗެވެ. ވެލެންސިއާ އަށް ގޯލު ޖަހައިދިނީ ސީނިއާ ޓީމުގެ ކޯޗު އަހުމަދު ނާޝިދު (ނާދު) އެވެ.
މި މެޗު އެއްވަރުވުމުން ވެލެންސިއާ އަށް އެއްވަނަ ލިބެނީ ހަތް ޕޮއިންޓާއެކުގަ އެވެ. ހަތް ޓީމު ވާދަ ކުރާ މުބާރާތުގެ ދެ ވަނާގައި ވަނީ ފަސް ޕޮއިންޓާއެކު މާޒިޔާ އެވެ.
މި މުބާރާތުގެ ސެމީ އަށް ދާނީ ލީގު އުސޫލުން ބުރެއް ކުޅޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ.