މާވެޔޮ މިސްކިތުގެ މުންނާރުގެ ލޯޑް ސްޕީކަރުގެ މަސައްކަތުގައި އުޅުއްވަނިކޮށް މާލޭ ސިޓީ ކައުންސިލްގެ މައްޗަން ގޯޅި އުތުރު ދާއިރާގެ ކައުންސިލަރު ޖަންބު ހަސަން މިސްކިތުގެ ފުރާޅު މަތިން އަފީފު ވެއްޓި ވަރަށް ބޮޑަށް އަނިޔާ ވެއްޖެ އެވެ.

މާލޭ ސިޓީ ކައުންސިލުން މިއަދު ބުނީ މަސައްކަތުގައި އުޅުއްވަނިކޮށް ފުރާޅު މަތިން ޖަންބު އަފީފު ވެއްޓުމުގެ ސަބަބުން ވާތު ފައިތިލައިން ދެތަނެއް ބިނދި މައިބަދައަށް ސީރިއަސް ގެއްލުން ލިބިފައިވާ ކަމަށެވެ. މި ހާދިސާ ހިނގޭ ރޭ 9:30 އެހާކަންހާއިރު އެވެ.

ހާދިސާއަށްފަހު މިއަދު 2:00 ގައި އޭނާގެ މައިބަދައިގެ އޮޕަރޭޝަނެއް ކުރަން ހަމަޖެހިފައިވާކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

ކައުންސިލުން ބުނީ މިސްކިތްތަކާބެހޭ ކަންތައްތަކާއި ހަވާލުވެ ހުންނަވާ ކައުންސިލަރަކީ ޖަންބު އަފީފް ކަމަށާއި ރޯދަމަސް ފެށުމުގެ ކުރިން ވެސް އަދި ފެށުނު ފަހުން ވެސް އަވަދިނެތި އޭނާ އުޅުއްވީ މިސްކިތްތައް އާބާތުރަ ފިލުމުވުމުގައި ބުރަކޮށް ކަމަށެވެވެ.