14:35


މާލޭ ވިޔަފާރި ބަނދަރަށް ވަނުމަށް ދޫކުރާ ވަގުތީ ފާހުގެ އަގު ފަސް ރުފިޔާ އަށް ބޮޑުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.


މޯލްޑިވްސް ޕޯޓްސް ލިމިޓެޑް ނުވަތަ އެމްޕީއެލްގެ މެނޭޖިން ޑައިރެކްޓަރ ހުސެން ހިލްމީ ވިދާޅުވީ، މާލޭ ވިޔަފާރި ބަނދަރަށް ވަދެ ހަދާ ފަރާތްތައް ކޮންޓްރޯލްކޮށް ދެނެގަތުމުގެ ބޭނުމުގައި އާރް.އެފް އައިޑީ ސިސްޓަމެއް މިދިޔަ މެއި މަހު ގާއިމްކޮށްފައިވާ ކަމަށެވެ. އަދި އަންނަ ސެޕްޓެމްބަރު މަހުގެ 20 ވަނަ ދުވަހުން ފެށިގެން ބޭނުންކުރާނީ އެ ސިސްޓަމްގެ ދަށުން ދޫކުރާ ފާސްތައް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.


އަދި އެ ފާހުގެ ތެރެއިން ވިޒިޓަރސް ފާހުން އެއްވެސް އަގެއް ނުނެގި ނަމަވެސް، އަންނަ މަހުގެ 20 ވަނަ ދުވަހުން ފެށިގެން ވަގުތީ ފާސް ވިއްކާނީ ފަސް ރުފިޔާއަށް ކަމަށް އޭނާ ވިދާޅުވި އެވެ. މީގެ ކުރިން ބަނދަރު ސަރަހައްދަށް ވަދެ އުޅުމަށް ދޫކުރާ ވަގުތީ ފާހުގެ އަގަކީ 2 ރުފިޔާ އެވެ.


ހިލްމީ ވިދާޅުވި ގޮތުގައި، ފަހުގެ އަގުބޮޑުކުރަން ނިންމީ، މިހާރު ގާއިމްކޮށްފައިވާ ސިސްޓަމުގެ ދަށުން ބަނދަރު ސަރަހައްދަށް ވަދެ ހަދާ ފަރާތްތަކަށް ދޫކުރާ އިލެކްޓްރޯނިކްސް ކާޑަކީ ވަރަށް އަގުބޮޑު އެއްޗަކަށްވެފައި، އެ ކާޑުތައް މެއިންޓެއިން ކުރުމަށް ޚަރަދުތަކެއް ހިނގާނެތީ ކަމަށެވެ.