ފަރުނީޗަރުގެ ވިޔަފާރި ފުޅާ ދާއިރާއެއްގައި ކުރާ ދަމާސް ގްރޫޕުގެ ފަރާތުން އަލަށް ހުޅުވައިފައިވާ އިންޑެކްސް ފަރުނީޗާ ފިހާރައިން "ސްޕެންޑް އެންޑް ވިން" ގެ ނަމުގައި ޕުރޮމޯޝަނެއް ފަށަން ނިންމައިފި އެވެ.

މިއަންނަ އާދީއްތަ ދުވަހުން ފެށިގެން އަންނަ މަހުގެ 29 ވަނަ ދުވަހާ ހަމައަށް ގެންދާ ޕްރޮމޯޝަންގައި 500ރ. އަށް ވުރެ މަތިން ވިޔަފާރި އެ ފިހާރައިން ކުރާ ކޮންމެ މީހަކަށް ވެސް ކޫޕަނެއް ލިބޭނެ އެވެ. އަދި ޕްރޮމޯޝަންގައި ގުރުއަތުން ހޮވޭ ފަރާތްތަކަށް އަގުބޮޑެތި އިނާމުތައ ހުށަހަޅާފައިވާއިރު ޕްރޮމޯޝަންގެ އިނާމުތަކުގެ ބައިލައްކަ ރުފިޔާއަށް އަރަ އެވެ.

ސްޕެންޑް އެންޑް ވިން ޕްރޮމޯޝަންގެ އެއްވަނަ ފަރާތަށް ދެނީ ލައިފް ސްޓައިލް ހޯމް އެންޓަޓައިމެންޓް ސިސްޓަމެކެވެ. ދެވަނައަށް ސޮނީ ބުރާވިއާ 42 އިންޗީގެ ޓީވީއެކެވެ. ތިން ވަނައަށް ފަރާތަކަށް އިންޑެކްސް ބްރޭންޑްގެ ސޯފާ ބެޑެކެވެ.

މެނޭޖާ، ނާޒް ސަލީމް ވިދާޅުވީ އެ އިނާމު ތަކުގެ އިތުރުން ޕްރޮމޯޝަންގެ ގުރުއަތުގައި ނަގާ 10 ފަރާތަކަށް ވެސް ހޯމްޑެކަރޭޓިވް އައިޓަމެއް ދޭނެ ކަމަށެވެ.

"[ޕްރޮމޯޝަންގައި] އަގުތައް އުޅޭނީ ހަމަ މިހާރު ހުރި އަގުތައް މިހާރުވެސް އަޅުގަނޑުމެން ފަރުނީޗާ މިފޯރުކޮށްދެނީ ވަރަށް ހެޔޮ އަގުގައި، އަދި މިހާރު މިފިހާރައިން ސްކީމަށް ވެސް ތަކެތި ދޫކުރަން،" ނާޒް ވިދާޅުވި އެވެ.

ނާޒު ވިދާޅުވީ އިންޑެކްސްއިން ފަރުނީޗަރުގެ ކޮންމެ ބާވަތެއް ގަތް ނަމަވެސް ހުޅުމާލެއާއި މާލޭގައި ނަމަ ގެއާ ހަމައަށް ގެންގޮސްދޭނެ ކަމަށާއި ވިލިމާލެއަށް ނަމަ ފެރީއާއި ހިސާބަށް ގެންގޮސްދޭނެ ކަމަށެވެ.

ދަމާސް ގެ އިންޑެކްސް ފަރްނީޗާ ފިހާރައަކީ ރާއްޖޭގައި އިންޑެކްސް ބުރޭންޑްގެ ފަރްނީޗާ ވިއްކާ ހަމައެކަނި ފިހާރައެވެ. ދުނިޔޭގެ 19 ގައުމެއްގައި އިންޑެކްސްފަރުނީޗާގެ ވިޔަފާރި ކުރެ އެވެ. އިންޑެކްސް ފަރުނީޗާއަކީ ތައިލޭންޑުގެ ބްރޭންޑެކެވެ.