14:26


އެމްޑީޕީއަށް ސޮއިކޮށް އެމްޑީޕީގެ އަޅަކަށްވެގެން ނޫން ގޮތަކަށް އެއްވެސް މީހަކަށް މިހާރު ކުރިއަށްދެވެން ނެތް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.


މާލިއްޔަތުގެ ގާނޫނަށް އިސްލާހް ގެނައުމުގެ ބިލުގެ ބަހުސްގެ މަރުހަލާގައި ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ގާސިމް އިބްރާހިމް ވިދާޅުވީ، އެމްޑީޕީއަށް ސޮއިނުކޮށްފިނަމަ ސަރުކާރުން އެކި އޮގްގޮތުން ދަތިކުރަމުންދާ ކަމަށެވެ. އަދި ސަރުކާރުން ސަބްސިޑީ ދޭންޖެހެނީ ވެސް އެމްޑީޕީއަށް ނިސްބަތް ވާނަމަ ކަމަށާއި، މާލިއްޔަރުގެ ގާނޫނަށް ގެންނަން ނިންމި އިސްލާހަށް އެމްޑީޕީން ދެކޮޅުހަދަނީ، އެކަމުގެ ފައިދާ ވަކި ފަރާތަކަށް ލިބޭގޮތަށް އޮތުމުގެ ބަދަލުގައި އެފައިދާ އެންމެންނަށް ލިބެންޖެހޭ ގޮތަށް އޮތުމުން ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ. އަދި މި އިސްލާހަކީ ގާނޫނު އަސާސީއަށް ވެސް ގެންނަންޖެހޭ އިސްލާހެއް ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.