ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި ހުންނަ އިމާމް މުޙައްމަދު އިބްން ސައުދު އިސްލާމިކް ޔުނިވާސިޓީން ރާއްޖޭގައި ކޯހެއް ފެށުމަށް ނިންމައި އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލައިފިއެވެ.

މިއީ ރާއްޖޭގައި ހުންނަ އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސްއާ ގުޅިގެން ކުރިއަށްގެންދާ ކޯހެކެވެ. އެޕްލިކޭޝަން ހުށަހަޅަން ހުޅުވާލައިފައި ވަނީ ލިންގުއިސްޓިކް ޕްރިޕަރޭޝަން ޑިޕްލޮމާއިންނެވެ.

އެ ޔުނިވާސިޓީން ބުނީ، ކޯހުގައި ބައިވެރިވެވޭނީ ހަމައެކަނި ފިރިހެން ދަރިވަރުންނަށް ކަމަށެވެ.

އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު މިއަދު ހުޅުވައިލާފައި ވާއިރު، އެ މުއްދަތު ހަމަވާނީ އަންނަ އަންގާރަ ދުވަހަށެވެ.

ކޯހަށް ކުރިމަތިލާ މީހުންގެ ހުންނަން ޖެހޭ ޝަރުތުތަކަކީ:

  • ހައި ސްކޫލް ނިންމި ކަމުގެ ސެޓްފިކެޓް ނުވަތަ އެއާ އެއްފެންވަރުގެ ސަނަދެއް އޮތުން

  • އަރަބި ބަހުން ވާހަކަދައްކައި ދޭހަވަމުގެ އަސާސީ ގާބިލުކަން ހުރުން
  • ހައި ސްކޫލް ނިންމިތާ ތިން އަހަރަށް ވުރެ ގިނަ ދުވަސް ނުވުން
  • ސިއްހީ ގޮތުން ދުޅަހެޔޮ މީހެއްކަމަށް ވުން
  • ފުލްޓައިމްކޮށް ކިޔަވަން ތައްޔާރަށް ހުރި މީހަކަށް ވުން
  • އަޚުލާގާއި ސުލޫކު ރަނގަޅުވުން
  • ޔުނިވާސިޓީގެ ބޭރުގެ އިންސްޓިއުޓްގެ އާންމު އިދާރާގެ މިންގަނޑާ އެއްގޮތަށް ކުރިއަށްދާ އިންޓަވިއުއިން ފާސްވުން

މި ކޯހަށް އެޕްލައިކުރުމަށް ހުށަހަޅަން ޖެހޭ ލިޔުންތައްވެބްސައިޓްމެދުވެރިކޮށް ލިބޭނެއެވެ.

އިންސްޓިޓިއުޓް އޮފް އިސްލާމިކް އެންޑް އަރަބިކް ސައިންސް އަކީ ސައުދީން ރާއްޖޭގައި ގާއިމްކޮށްފައިވާ މަރުކަޒެކެވެ.