14:25


ލޯކަލް ކައުންސިލްތަކުގެ އިންތިހާބްގައި އިދާރީ މަސައްކަތުގައި މާލޭގައި އެކަނިވެސް އިލެކްޝަންސް ކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި 250 އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށް އެކޮމިޝަނުން ބުނެފި އެވެ.


ސަރުކާރުގެ ގެޒެޓްގައިވާ އިލެކްޝަންސް ކޮމިޝަންގެ އިޢުލާނެއްގައި ބުނެފައިވަނީ އިދާރީ ދާއިރާތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންގެ އިތުރުން އެކޮމިޝަންގެ އޮފިޝަލުންގެ ގޮތުގައި ނޭޝަނަލް ކޮންޕްލެއިންސް ބިއުރޯގައި ފަސް މެންބަރުންނާއި ސިޓީ ކޮންޕްލެއިންސް ބިއުރޯގައި ތިން މެންބަރުންނާއި އަތޮޅު ކޮންޕްލޭންސް ބިއުރޯތަކުގައި ތިން މެންބަރުންއި ރަށު އިލެކްޝަންސް ކޮމީޓީގައި ތިން މެންބަރުންނާއި، އަތޮޅު އިލެކްޝަންސް ކޮމިޓީގައި ތިން މެންބަރުންނާއި ސިޓީ އިލެކްޝަންސް ކޮމިޓީގައި ތިން މެންބަރުންގެ އިތުރުން ރާއްޖޭން ބޭރުގައި އިންތިޙާބް ބާއްވާ ޤައުމުތަކުގައި ޤާއިމްކުރެވޭ އިލެކްޝަންސް ކޮމިޓީތަކުގައި ވެސް އެ ކޮމިޝަންގެ އޮފިޝަލުން ހަރަކާތްތެރިވާނެ ކަމަށެވެ.


އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނަ މަހުގެ 9 ވަނަ ދުވަހުގެ ކުރިން އެކަމަށް އެދި ހުށަހަޅަންޖެހޭނެ ކަމަށް އިލެކްޝަނުން ބުނެ އެވެ.


އިލެކްޝަންސް ކޮމިޝަންގެ ޑިރެކްޓަރ ޖެނެރަލް މުހައްމަދު ތޮލާލް ވިދާޅުވީ ވަގުތީ އޮފިޝަލުންގެ ގޮތުގައި 250 ހަކަށް އިދާރީ މުވައްޒަފުން ހަރަކާތްތެރިވާއިރު ކޮމިޓީތަކުގައި އޮފިޝަލުން އޭގެ ތެރޭގައި ހިމެނިފައިނުވާ ކަމަށެވެ.