31 Jul 2012, 14:26
ޔޫތު މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު ރަޝީދު ހުސެއިން (ބިގޭ) މަގާމުން އިސްތިއުފާ ދެއްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ސްޓޭޓް މިނިސްޓަރު ކަމުން ރަޝީދު އިސްތިއުފާ ދެއްވާފައިވަނީ މިދިޔަ ހޯމަ ދުވަހު ކަމަށެވެ.
ރައީސް ޑރ. މުހައްމަދު ވަހީދު ހަސަން މަނިކުގެ އަނބިކަނބަލުންގެ އެއްބަނޑު އެއްބަފާ ކޮއްކޯފުޅު، ރަޝީދު ސްޓޭޓް މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވި ސަބަބެއް ރައީސް އޮފީހުން ނުބުނެ އެވެ.
ނަމަވެސް ސަން އޮންލައިނަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ރަޝީދުގެ އިސްތިއުފާ ސިޓީގައި ސަރުކާރުގެ ބައެއް ކަންކަމާމެދު ހިތްހަމަނުޖެހުންތައް ފާޅުކޮށްފައިވެ އެވެ.
ރަޝީދަށް ޔޫތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަން ދެއްވާފައި ވަނީ 2009 އަހަރު އެވެ.