31 Jul 2012, 12:42
އެފްއޭއެމުން އިއްޔެ އޭނާ އަށްދިނަ ފަސް އަހަރު ދުވަހުގެ ސަސްޕެންޝަން ގަބޫލު ނުކުރާ ކަމަށް ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ބުނެފި އެވެ.
ސަތޯ ސަސްޕެންޑްކުރީ މި މަހުގެ 18 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބަށް ހުރަސް އަޅަން އުޅުމުންނެވެ.
"އެފްއޭއެމުގެ އެކްސްކޯގެ މުއްދަތު ހަމަވެއްޖެ ޖުލައި 20ގަ. އެހެންވީމަ އެއްވެސް ހައިސިއްޔަތެއް ނެތް ބަޔަކު ދޭ
ސަސްޕެންޝަނެއް ގަބޫލެއް ނުކުރެވޭނެ. އެއްވެސް އިންސާފެއްނޫން މިއީ،" އިއްޔެގެ ސަސްޕެންޝަނުގެ ކުރިން ވެސް 15 މެޗުގެ ސަސްޕެންޝަނެއް ގުނަމުންދިޔަ މަޝަހޫރު ވޮލީ ކޯޗު ބުންޏެވެ.
ސަތޯ ބުނީ އެފްއޭއެމުން އޭނާ ސަސްޕެންޑަކުރަނީ ޒާތީ ގޮތުން ކަމަށާއި އެއްވެސް އިންސާފެއްނެތް ކަމަށެވެ. އަދި އޭނާ ބުނީ އިންތިހާބު އޮތް ދުވަހު އެތަނަށް ވަދެ އަޑުގަދަ ނުކުރިނަމަ މިހާރުގެ ރައީސް އަލީ އާޒިމް ބޭނުންގޮތަކަށް ކަންކަންކުރާނެ ކަމަށެވެ.
ސަތޯއާ އެކު ވީބީގެ ބޯޑު މެމްބަރު އަދި މަޝަހޫރުވިޔަފާރިވެރިޔާ މުހައްމަދު ޝަވީދު ވެސް ވަނީ ހޯލަށް ވަނުމުގެ ކުށުގައި ދެ އަހަރަށް ސަސްޕެންޑްކޮށްފަ އެވެ.