ދީނީ ދަރުސް ދެއްވައި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކުރެއްވުމަށް އެކި މަސައްކަތްތައް ކުރެއްވި ޝެއިޚް އިބްރާހީމް ފަރީދު މިއަދު އަވަހާރަވެއްޖެއެވެ.

"ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށެވެ.

ފަރީދު އަވަހާރަވުމުގެ ކުރިން އާލާސްފުޅާ އުޅުއްވިކަން މިހާތަނަށް ކަށަަވަރުވެފައިނުވެއެވެ.

ފަރީދު، ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވާއިރު، އެ ދަރުސްތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއެވެ.

ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް، އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ.

މީގެ އިތުރުން، ގިނަ ޕާޓީ އެކުލެވޭ ނިޒާމެއް ރާއްޖެ ގެނައުމަށް ކުރިއަށްގެންދިޔަ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.