މިދިޔަ ހަފުތާގައި އައިޖީއެމްއެޗުގައި ދެބެން ވިހޭ، ދެ ކުއްޖަކު މަސްތުވާތަކެއްޗަށް ޕޮޒިޓިވްވި އިރު އެތަނުން އެކަކީ މަސްތުވާތަކެތީގެ ރެކޯޑް އޮންނަ މީހެއް ކަމަށް ސަން އޮންލައިންއަށް ކަށަވަރު ވެއްޖެ އެވެ.

މިމަހުގެ ތެރޭ އައިޖީއެމްއެޗްގައި ވިހޭ ދެ ބެންގެ، ތުއްތު ދެ ކުދިން މަސްތުވާތަކެއްޗަށް ޕޮޒިޓިވްވެފައިވާ މައްސަލައެއް ފުލުހުނާއި ޖެންޑާ މިނިސްޓްރީން ވެސް އަންނަނީ ބަލަމުންނެވެ. ދެބެންގެ ތެރެއިން އެކަކު ވިހެއީ މި މަހުގެ 23 ވަނަ ދުވަހު އެވެ. އަނެކަކު ވިހެއީ 26 ވަނަ ދުވަހު އެވެ.

މީހުނާ ވެސް އިނދެގެން އުޅޭ އެ ދެ އަންހެނުން ވިހޭ ކުޑަ ދެ ކުދިންނަށް އަންނަނީ އައިޖީއެމްއެޗްގައި ނާސަރީގައި ފަރުވާދެމުންނެވެ.

މިފަހަކަށް މަސްތުވާތަކެތީގެ ސީރިއަސް މައްސަލަތަކެއް އަންނަނީ ފެންމަތިވަމުންނެވެ. އެގޮތުން ކުޅޭ ބުދެއްގެ ތެރެއަށް ލައިގެން ލ. ގަމަށް މަސްތުވާތަކެތި ގެންދަން އުޅުނު 15 ކުއްޖަކު ފުލުހުން ވަނީ މިމަސް ތެރޭ ހައްޔަރު ވެސް ކޮށްފަ އެވެ.