ރައްޔިތުން މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ މެންބަރު އިލްހާމް އަހުމަދަށް ބަޔަކު މިއަދު ހަމަލާދީ މަރާމާރީ ހިންގައިފި އެވެ.

ފުލުހުން ބުނީ އިލްހާމު ގައިގައި ބަޔަކު ތަޅައިގަނެ މާރާމާރީ ހިންގާފައި ވަނީ މިއަދު ހަވީރު 5:15 އެހާކަންހާއިރު ޗާންދަނީ މަގު ދިރާގު ޓްރެފިކްލައިޓް ކައިރިން އޭނާ ސައިކަލުގައި ދުއްވާފައި ވަޑައިގަންނަވަނިކޮށް ސައިކަލު ހުއްޓުވުމަށްފަހު ކަމަށެވެ.

އިލްހާމް ސަން އޮންލައިންއަށް މިއަދު ވިދާޅުވީ އޭނާއަށް ހަމަލާދީފައި ވަނީ ބައްދަލުވުމަކުން ގެއަށް ވަޑައިގެން މަގުމަތީގައި ކަމަށާއި އެމީހުން ގައިގާ ތަޅައި ކޮއްޕާހެދި ކަމަށެވެ. އެކަމުގެ ސަބަބުން ގައިގެ އެކި ތަންތަނަށް ކުދި އަނިޔާވެފައިވާ ކަމަށް ވިދާޅުވި އެވެ.

"ހަޅޭއްލަވަމުން އެމީހުން އައީ، އައިމައި އަޅުގަނޑު ސައިކަލުން ފޭބީ، ފޭބީމައި އަޅުގަނޑާއި ދިމާލަށް އައިސްފައި ކޮއްޕާ ގަޅައި ހެދީ، އަދި އަޅުގަނޑުގެ ސައިކަލުވެސް ވައްޓާލައި ހެދީ،" އިލްހާމް ވިދާޅުވި އެވެ. އޭނާގެ ސައިކަލަށްވެސް އެކި ވަރުގެ ގެއްލުންވެފައިވާކަމަށް ވިދާޅުވި އެވެ.

ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.