30 Jul 2012, 17:42
ވީޑިއޯތަކެއްގެ ޒަރިއްޔާއިން އިންޓަނެޓް މެދުވެރިކޮށް މީހުން ބްލެކްމެއިލްކޮށް ގިނަ ބަޔަކު "ބަރަހަނާ ކުރި" މައްސަލައިގައި ބަރަހަނާވިކަން ފުލުހުންގެ ތަގުގީގަށް ފެންނާތީ ދައުވާ ކޮށްދިނުމަށް އެދި ފުލުހުން ޕްރޮސެކިއުޓާޖެނެރަލްގެ އޮފީހަށް ފޮނުވި 10 މީހުންގެ ތެރެއިން އަށް މީހުންގެ މައުލޫމާތު ހިމެނޭ ލިޔުންތަކެއް މާލެތެރޭގައި ލީކްކޮށްލައިފި އެވެ.
ލީކްވެފައިވާ ހުރިހާ ލިޔުމެއްގެ ކޮޕީ ސަން އޮންލައިނަށް ވަނީ ލިބިފައެވެ. އެލ ިޔުންތަކުގައި ކޮންމެ މީހަކަށް ވަކި ސޮފުހާއެއްވެއެވެ. ނަމަވެސް 10 މީހުންގެ ތެރެއިން ދެ މީހެއްގެ މައުލޫމާތެއް ނުހިނެ އެވެ. ދެން އުޅެނީ ފުލުހުން ރަސްމީކޮށް ހާމަކުރި، ބަޔަކު ބަރަހަނާކޮށް ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ދައުވާ ކުރަން ފޮނުވާފައިވާ އައްޑޫ އަތޮޅު ހިތަދޫއަށް އުފަން ނުވަ ޒުވާނެއްގެ މައުލޫމާތެވެ. އެބައިގައި ވެސް ކުޑަކުއްޖާއާ ބެހޭ މައުލޫމާތެއް ނެތެވެ.
މިލިސްޓް ލީކްވެފައި ވަނީ މި މައްސަލައި ބަރަހާނާ ކުރި މީހުން ކަމަށް ބުނާ މީހުންގެ ނަމާ ފޮޓޯތައް ފުލުހުން ރަސްމީކޮށް ހާމަކޮށް މައްސަލައިގައި "ބަރަހަނާވި" މީހުން ގެ ފޮޓޯތައް ފުލުހުން އާންމު ނުކުރުމުން ފުލުހުންނަށް ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގަ އެވެ.
ބަރަނާވި މީހުން ކަމަށް ތަހުގީހަށް ފެންނާތީ ޕީޖީއަށް ފޮނުވި މީހުންގެ ތެރޭގައި ހިމެނެނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެންބަރު، އަދި ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ މެންބަރު، ހއ. ބާރަށު މަދޮށިމާގޭ، މުހައްމަދު ޝިފާޒް (ޝިއްޕެ) 32، އާއި ހ. އިރުވައި. ލެފްޓިނެންޓް ކާނަލް ރިޓަޔާޑް އިބްރާހިމް އަފްޒަލް، 44، އާއި ސަރުކާރުގެ ކަރަންޓް ކުންފުނި، ސްޓެލްކޯގެ މިހާރުގެ ޗެއާމަން ވެރިޔާ ސ. ހުޅުދޫ ނޫރީގޭ، އަހުމަދު ޝަރީފް 43، އާއި ކުރީގެ ފިލްމީ ތަރި އަދި މިހާރު ވީޓީވީގެ ޕްރެޒެންޓަރު ދަފްތަރު ނަންބަރު 6961، އަލީ ވަހީދު، (އައްޔަ) 40، އާއި ކުރީގެ މާލޭ މުނިސިޕަލްޓީގައި ޑިރެކްޓަރެއްގެ މަގާމު ފުރުވެއްވި ހ. ޓްވައިލައިޓްއިން، އާދަމް ޝާކިރު، 59، އެވެ.
ދައުވާ ކުރަން ފޮނުވި ލިސްޓްގައި ދެން ހިމެނެނީ ކުރީގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ އަދި ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރު ފ. ނިލަންދޫ ޕާމްލޮޖް، އަންވަރު އަލީ 38، އާއި. ގއ. ވިނލިގިއްޔަށް ނިސްބަތްވާ ދެ މީހެކެވެ. އެއީ ގއ. ވިލިނގިލީ ޝާދީވިލާ، އަހުމަދު ޒިޔާދު މުހައްމަދު 24، އާއި އެރަށުގެ ޝާހުއާބާދުގޭ، ޝަހުރާބު އަބްދުﷲ، 24 އެވެ.
މި އެންމެގެ ތެރެއިން ރިޓަޔާޓް އަފްޒަލް ސިފައިންގެ މަގާމުން ވަކިވެ ވަޑައިގެންނެވީ އޭނާއާ ބެހޭ ގޮތުން އެފަދަ މައްސަލައެއްމާލެތެރޭގައި ފެންމަތިވި ދުވަސްވަރު އެވެ. އަފްޒަލް ވަޒީފާއިން ރިޓަޔާ ކުރެއްވީ ޖޫން 18، 2011 އިގަ އެވެ. އޭގެ ފަހުން ޝާކިރާބެހޭ ގޮތުން ވެސް އެފަދަ މައްސަލަތަކެއް ތުހުމަތު ކުރެވިފައި ވަނިކޮށް މުނިސިޕަލްޓީގައި އޭނާ އަދާކުރެއްވި މަގާމުން އިސްތިއުފާ ދެއްވީ ސީއެސްސީން އެނާ ސަސްޕެންޑްކޮށްފައި ވަނިކޮށް އޭޕްރީ 3، 2011 އިގައެވެ.
ބަރަހަނާވެގެން ފުލުހުން ޕީޖީއަށް ފޮނުވި މީހުންގެ ނަންތައް ސަން އަށް ކަށަވަރުވި ނަމަވެސް މި ލިޔުންތަކާބެހޭ ގޮތުން ފުލުހުންނާ ސުވާލު ކުރުމުން އެ ލިޔުންތަކާބެހޭ ގޮތުން ވާހަކަ ދައްވަން ފުލުސް މިޑިޔާ އޮފިޝަލް ބޭނުންފުޅެއް ނުވި އެވެ. މައްސަލައާ ގުޅޭ ގޮތުން ޕީޖީ، އަހުމަދު މުއިއްޒާ ގުޅޭ ގޮތެއް ނުވި އެވެ.
މި މައްސަލައިގައި ބްލެކް މެއިލްކޮށް މީހުން ބަރަހާނާ ކުރުމުގެ ތުހުމަތުގައި ޕީޖީއަށް ފޮނުވި ނުވަ މީހުންނަކީ އައްޑޫ ސިޓީގެ ހިތަދޫ، މަނާގޭ، މުހައްމަދު މުއުމިނު 26، އާއި އުދާސް، އަހުމަދު މުހައްމަދު 26، އާއި ހަމައެގޭ ހުސެއިން ޝާހު 24، އާއި ފްލާވާމީޑް، މުހައްމަދު މިންސަރު 24، އާއި ރަތްފިނިފެންމާގޭ، އަޒުމީނު އިސްހާގު 23، އާއި އޭނާގެ ކޮށްކޮ އިބްރާހިމް އިއްސާގު 20، އާއި ފެހިކުރި، އަހުމަދު ތާއިފް 21، އާއި ވައިޖެހޭގޭ، މުހައްމަދު އިސްހާގު 27، އާއި އޭނާގެ ކޮށްކޮ އަލީ އިސްހާގު 26، އެވެ. ދެން ހިމެނެނީ ކުޑަކުއްޖެކެވެ.
ސިޔާސީ އެކި ފަރާތްތަކާއި މަޝްހޫރު އެކި މީހުން ބަރަހަނާކޮށްގެން ބްލެކްމެއިލް ކުރި މީހުން ވަނީ ގިނަ އަދަދެއްގެ ފައިސާ ހޯދައިފަ އެވެ. ދެހާސް ދިހަވަނަ އަހަރު ފެންމަތިވި އެ މައްސަލައިގައި ބްލެކްމެއިލް ކުރި މީހުން ވަނީ ފޭސްބުކާއި އެމްއެސްއެންގެ ފޭކް އެކައުންޓުތަކުގެ ޒަރިއްޔާއިން މީހުންގެ ބަރަހަނާކޮށް އެ މަންޒަރުތައް ރެކޯޑްކޮށްފަ އެވެ.
ދެހާސްދިހަވަނަ އަހަރު ފުލުހުން ސީރިއަސް މައްސަލައެއްގެ ގޮތުގައި އެ މައްސަލަ ބަލަން ފެށިނަމަވެސް އެ އަހަރުގެ ވަކި ހިސާބަކުން އެ ތަހުގީގު ވަނީ އެކި ނުފޫޒު ތަކާ ހުރެ މެދުކަޑާލައިފަ އެވެ. އަލުން ތަހުގީގު ފެށީ ސަރުކާރު ބަދަލުވުމަށްފަހު އެވެ.