މި މަހުގެ 18 ވަނަ ދުވަހު ބާއްވަން އުޅުނު އެފްއޭއެމް އިންތިހާބަށް ހުރަސް އަޅަން އުޅުނު ކަމަށް ބަލައި ވީބީގެ މެނޭޖަރު އިބްރާހީމް ރަޝީދު (ސަތޯ) ފަސް އަހަރަށް އަދި އެ ކުލަބުގެ ބޯޑު މެމްބަރު މުހައްމަދު ޝަވީދާއި ވިކްޓަރީގެ އަލީ ފާއިޒް ފުޓްބޯޅައިގެ އެންމެހާ ހަރަކާތްތަކުން ދެ އަހަރަށް އެފްއޭއެމުން މިއަދު ސަސްޕެންޑްކޮށްފި އެވެ.

ސަތޯ ސަސްޕެންޑަކުރީ އެފްއޭއެމުގެ ސަސްޕެންޝަނެއްގައި ހުއްޓައި ހުއްދަނެތި ކޮންގްރެސް ހޯލަށް ވަދެ އަޑުގަދަކޮށް ސެކިއުރިޓީންނަށް ހުރަސް އަޅާ ހަޑިހުތުރު ބަހުން ވާހަކަ ދެއްކުމުގައި ކަމަށް އެފްއޭއެމުގެ ބަޔާނުގައިވެ އެވެ.

މަޝްހޫރު ވިޔަފާރިވެރިޔާ އަދި ވީބީ ހިންގުމުގައު އެންމެ އިސްކޮށް އުޅުއްވާ ޝަވީދު ސަސްޕެންޑް ކުރީ ސެކިއުރިޓީ ބަލަހައްޓަން ތިބި ފަރާތްތަކުގެ އެންގުމާ ހިލާފަށް ހުއްދަނެތި ކޮންގްރެސް ހޯލަށްވަނުމުންނެވެ. ފާއޒިް ވެސް ސަސްޕެންޑް ކުރީ މިކުށުގައި ކަމަށް ބަޔާނުގައިިވެ އެވެ.