30 Jul 2012, 15:54
އެއް ވަނައަށްދާ ފަރާތަކަށް އުމުރާ ދަތުރެއް ހުޅައަޅައިގެނ ފުވައްމުލަކު "ފައިސަލް ފައުންޑޭޝަން" ގުރުއާން މުބާރާތެއް ބާއްވައިފި އެވެ.
އެ ފައުންޑޭޝަނުން އިސް އޮފިޝަލެއް ކަމަށްވާ ސާއިމް މޫސާ މިއަދު ވިދާޅުވީ "ފުވައްމުލަކު ގުރުއާން ކިޔެވުމުގެ މުބާރާތް" އެ ނަމުގައި އެއްފަހަށް އޮންނަ އެ އަތޮޅުގައި ގުރުއާން މުބާރާތެއް ބޭއްވީ ފުވައްމުލަކު ރައްޔިތުންގެ ހިތްތަކުގައި ކީރިތިި ގުރުއާނާމެދުގައި ލޯބި އިތުރު ކުރުމަށާއި ހުނަރުވެރި ކަމާއެކު ރީތިކޮށް ގުރުއާން ކިޔަވާ ޖީލެއް އުފެއްދުމުގެ ބޭނުމުގައި ކަމަށެވެ.
މި މުބާރާތުގައި އެކިއުމުރު ފުރާއި 197 ފަރާތެއް ބައިވެރިވި އެވެ. މުބާރާތް ކުރިޔަށް ދިޔައީ މިމަހުގެ 26 އިން 28އަށެވެ. މުބާރާތް ފައްޓާވައިދެއްވީ ޏ. ތައުލީމީ މަރުކަޒުގެ ޕުރިންސިޕަލް އަބްދުލްﷲ ރަޝީދެވެ. ގައުމީ ގުރުއާން މުބާރާތުގައި ފަނޑިޔާރުކަން ކޮށްފައިވާ ދިވެހި ތިން ފަނޑިޔާރަކު އިންސާފުކުރި ގުރުއާން މުބާރާތުގެ ނަތީޒާ ފާޅުކުރަން ހަމަޖެހިފައިވަނީ މި ރޯދަ މަހުގެ 26 ވަނަ ދުވަހުގެ ރޭ ފުވައްމުލަކުގައެވެ.
"އަޅުގަނޑުމެން މިހޮވަނީ މުޅި މުބާރާތުން އެއްވަނަ، ދެ ވަނަ އަދި ތިން ވަނަ، އެގޮތުން މުޅި މުބަރާތުން އެއް ވަނައަށްދާ ފަރާތަކަށް ދޭގޮތަށް ހަމަޖެހިފައި ވަނީ އުމަރާ ދަތުރެއް ދެން ދެވަނަ އަދި ތިން އަށް ދޭ ގޮތަށް ހަމަޖެހިފައި ވަނީ ތައްޓާއި ޝީލްޑް" ސާއިމް ވިދާޅުވި އެވެ.
ރައްޔިތުންގެ ހާއްސަ މަޖިލީހުގެ މެންބަރުކަން ކުރެއްވި ފައިސަލް ނަސީމްގެ ފައުންޑޭޝަނުން މީގެ ކުރިން ވެސް ގުރުއާން މުބާރާތްތައް ބާއްވަ އެވެ.