ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕުން ބޮޑު އީދާ ދިމާކޮށް، 25،990 ރުފިޔާއަށް އުމްރާއަށް ގެންދާ ޕްރޮމޯޝަނެއް ފަށައިފިއެވެ.

މީގެކުރިން އެ ގުރޫޕުން 28،990 ރުފިޔާއަށް އުމްރާއަށް ގެންދިޔަ ނަމަވެސް، މި ޕްރޮމޯޝަންގެ ދަށުން އަގުހެޔޮކޮށް އުމްރާއަށް ދިޔުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ޕްރޮމޯޝަންގެ ދަށުން ޖުމުލަ 20 މީހުން އުމްރާއަށް ގެންދިޔުމަށް ހަމަޖެހިފައިވާއިރު، މިހާރު ވެސް ބައެއް ޖާގަތައް ފުރި، ބާކީ އޮތީ 10 ވަރަކަށް ޖާގަ ކަމަށް އެ ގުރޫޕުން މައުލޫމާތުދެއެވެ.

މި ޕްރޮމޯޝަންގެ ދަށުން އުމްރާއަށް ދިޔުމަށް އަންނަ ހޯމަ ދުވަހުގެ ކުރިންފޯމުހުށަހަޅަން ވާނެއެވެ.

މި އުމްރާ ދަތުރުގެ ތެރެއިން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި:

  • މައްކާއާއި މަދީނާގެ ތަންތަނަށް ޒިޔާރަތްކުރުމުގެ ފުރުސަތު

  • އުމްރާ ކިޓު
  • ދިވެހީންނާ ގުޅޭ ދިވެހި ސުފުރާ
  • 24 ގަޑިއިރުގެ މެޑިކަލް ޚިދުމަތް
  • ހޮޓަލާއި ހަރަމާ ދޭތެރޭ ހުންނާނީ 10-6 މިނެޓު
  • ދެކޮޅު ޓިކެޓު
  • ބަހާލައިގެން ފައިސާ ދެއްކުމުގެ ފަސޭހަކަން
  • ހިރާ ފަރުބަދައަށް އެރުމުގެ ފުރުސަތު
  • ޖިއްދާ ދަތުރު
  • ބާޒާރު ދަތުރު

އެ ޕްރޮމޯޝަނާ ގުޅޭ އިތުރު މައުލޫމާތު 9632514 ނުވަތަ 9110909އަށް ގުޅައިގެންނާއި ފަރީ ހައްޖު އެންޑް އުމްރާގެ ޕޭޖުން ވެސް ލިބެން ހުންނާނެއެވެ.

މި ޕްރޮމޯޝަންގެ ތެރެއިން އުމްރާއަށް ދާ މީހުން ފުރާނީ މިމަހު 29ގައެވެ.

ފަރީ ހައްޖު އެންޑް އުމްރާ ގުރޫޕަކީ ދިވެހީންގެ އިތުބާރާއި ޔަގީންކަން ހޯދާފައިވާ ގުރޫޕަކަށް ވާއިރު، އެ ގުރޫޕުގެ އިތުރު އުމްރާތަކުގައި ވެސް މި ޚިދުމަތްތައް ލިބޭނެއެވެ. އެ ގުރޫޕުގެ ދަތުރުތައް ފަށަނީ ވަރަށް އިންތިޒާމުކޮށް، ރާވައިގެންކަން އެ ގުރޫޕުން ފާހަގަކުރެއެވެ.