00:08


ގަލޮޅު ދަނޑު ސަރަހައްދު, މަޖީދީމަގުން ހިނގައިފައި ދިޔަ ޒުވާނެއްގެ ބޮލުގައި ބިއްލޫރި ފުޅިއަކުން ޖަހައި ބޯ ފަޅާލި މައްސަލައާ ގުޅިގެން ދެ މީހަކު ފުލުހުން ހައްޔަރުކޮށްފި އެވެ.


މަޖީދީމަގުން ހީނާމާގޭ އިރުމަތީގައި ހިނގި މާރާމާރީގައި ޒަހަމްވި އުމުރުން 26 އަހަރުގެ ޒުވާނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އޭޑީކޭ އިން މައުލޫމާތު ދިން ގޮތުގައި ބިއްލޫރި ފުޅިއަކުން ޖެހުމުގެ ސަބަބުން އޭނާގެ ބޯ ވަނީ ވަރަށް ބޮޑަށް ފަޅައިގެން ގޮސްފަ އެވެ.


މި މާރާމާރީގައި ބޯފަޅައިގެން ދިޔަ ޒުވާނާ ސަންއެފްއެމަށް މައުލޫމާތު ދެމުން ބުނީ މި މާރާމާރީ ހިނގީ މިރޭ 10:30 ހާއިރު ސޯސަންމަގުން ގޮސް މަޖީދީމަގަށް އަޅައިގެން ގަލޮޅު ދަނޑު ފުރަގަހުގައި ހުންނަ ގެއަކަށް އޭނާ އެކަނި ދަނިކޮށް ކަމަށެވެ. އޭނާ ބުނީ ފަހަތުން މީހަކު އައިސް އޭނާގެ ކޮނޑަށް އަތް ވައްޓާލި ވަގުތު އެހެން މީހަކު އޭނާގެ ބޮލުގައި ވަރަށް ބާރަށް އެއްޗަކުން ޖެހީ ކަމަށެވެ. އަދި އެ މީހާ ޖެހީ ބިއްލޫރި ފުޅިއަކުންކަން އެނގުނީ ބިންމައްޗަށް ވެއްޓުނު ވަގުތު އެފުޅި އޭނާގެ ކައިރީގައި ބިންމަތީގައި އޮތުމުން ކަމަށް ވެސް އޭނާ ބުންޏެވެ.


މި މާރާމާރީ ހިނގި ސަރަހައްދުގެ މަގުމަތީގައި ވެސް ގިނަ އަދަދެއްގެ ލޭ ހުރި ކަމަށް އެ ވަގުތު އެތަނަށް ދިޔަ ސަން އެފްއެމްގެ ނޫސްވެރިން ބުންޏެވެ.


23:48


ފުލުހުންގެ މީޑިއާ އޮފިޝަލު ދެންމެ ވިދާޅުވީ ބޯފަޅައިގެން ދިޔައީ އެކެއްގެ ކަމަށާއި އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އަދި އޭނާ ވިދާޅުވީ ބޯފަޅާލީ ފުޅިއަކުން ޖަހައިގެން ކަމަށެވެ.


22:28


ތޫނު އެއްޗަކުން ހަމަލާދީ ދެ ޒުވާނެއްގެ ބޯ ދެންމެ ފަޅާލައި ޒަހަމުކޮށްލައިފި އެވެ. ގަލޮޅު ދަނޑުކައިރިން ހީނާމާގެ ކައިރީގައި ޒަހަމުވި ދެ ޒުވާނާ އަށް އޭޑީކޭ ހޮސްޕިޓަލުގައި އަންނަނީ ފަރުވާ ދެމުންނެވެ. އެ ހިސާބުގައި ހަރަކާތްތެރިވާ ސަންއެފްއެމްގެ ނިއުސް ޓީމުން މައުލޫމާތު ދޭގޮތުގައި މަގުގައި ވަރަށް ގިނަ އަދަދެއްގެ ލޭ ވެސް އެބަހުއްޓެވެ.  ތަފުސީލު އަންނަނީ ...