މި އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ވީއޭ އެމްކޯ އޮފީސް ފަޅާލި މައްސަލައާއި މާފަންނުގެ ގެޔަކުން ވައްކަން ކުރި މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރުމަށްޓަކައި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ މި އަހަރުގެ އޭޕްރީލް 10 ވަނަ ދުވަހުގެރޭ އިރާކޮޅުގެ ވަގުތެއްގައި ވީއޭއެމް ކޯ އޮފީސް ފަޅާލި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ވ. ރިހިމެދު، ހުސައިން ސަނީމް ގެ މައްޗަށް ކަމަށެވެ. އެތަން ފަޅާލައިގެން 750 ޑޮލަރާއި ލެޕްޓޮޕެއް ވަނީ ވަގަށް ގެންގޮސްފަ އެވެ.

މީގެ އިތުރުން މިއަހަރުގެ މެއި މަހުގެ 14 ވަނަ ދުވަހުގެ ރޭ ދަންވަރުގެ ވަގުތެއްގައި މ. އިރާކުމާގެއިން ވައްކަން ކޮށް އެގެއިން ފޯނަކާއި ލެޕްޓޮޕެއް ވަގަށްނެގި މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ލ. އިސްދޫ، ހިޔަލީ ގުލްޝަން، އަހުމަދު ނަޝީދު ގެ މައްޗަށެވެ.

މި ދެ މަައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ މި މަހުގެ 15 ވަނަ ދުވަހު ކަމަށެވެ.