ކޮޕީ ރައިޓްސްގެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލައިފި އެވެ. އެ ބިލް އަނބުރާ ކޮމެޓީ އަށް ފޮނުވާލީ، ގާނޫނު އަސާސީއާ ފުށުއަރާ މާއްދާތަކެއް ބިލްގައި ހުރި ކަމަށް ބައެއް މެންބަރުން ވިދާޅުވުމުންނާއި ބިލްގެ އެއް މާއްދާ އަނެއް މާއްދާ ވެސް ފުށުއަރާ ކަމަށް ވެސް ބައެއް ބޭފުޅުން ވިދާޅުވެފައި ވާތީ އެވެ.


ކޮޕީ ރައިޓްސްގެ ގާނޫނުގެ ދަށުން، ފައިދާ ހޯދުމުގެ ބޭނުމުގައި ހިމާޔަތްކޮށްފައިވާ އެއްވެސް އުފެއްދުމެއް އިންޓަނެޓަށް އަޕްލޯޑްކުރިކަން ސާބިތުވެއްޖެ ނަމަ ފަސްލައްކަ އާއި އެއް މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރުމަށް ބިލްގައިވެ އެވެ.