ކޮންމެ އަހަރަކު ވެސް 170 އަށް ވުރެ ގިނަ ސްކޮލާޝިޕްގެ ފުރުސަތު އިންޑިއާއިން ރާއްޖެއަށްދޭ ކަމަށާއި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެރޭގައި އެފަދަ ގިނަ ފުރުސަތުތަކެއް ލިބިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

އިންޑިއާއިން ރާއްޖޭގައި ގާއިމްކުރި އިންޑިއަން ކަލްޗަރަލް ސެންޓަރަށް އަހަރެއް ފުރުން ފާހަގަކުރަން ރޭ ގައުމީ ޔުނިވަސިޓީގެ ފެކަލްޓީ އޮފް މެނޭޖްމެންޓްގައި ބޭއްވި ހަފުލާގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އާމިނަތު އަލީ ވިދާޅުވީ އިންޑިއާގެ ޖީއެމްއާރުން ދިން ސްކޮލަޝިޕްތަކާއި އައިސީސީއާރު ޕްރޮގްރާމްގެ ދަށުން ދިން ސްކޮލަޝިޕްތަކުގައި ކިޔެވުމަށް މިއަރުގެ މިހާތަނަށް 35 ބޭރަށް ކުދިން ފުރާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ ކިޔައިދިނުމުގެ ދާއިރާ އާއި ޑޮކްޓަރީ ދާއިރާ އާއި އިންޖިނޭރިން ފަދަ ދާއިރާތަކުން ދޭ އިތުރު ސްކޮލަޝިޕްތައް ދޭން ހަމަ ޖެހިފައިވާ ކަމަށާއި ކުރިއަށް އޮތް ހަ މަސްދުވަހުގެ ތެެރޭގައި އެ ފުރުސަތުތައް ލިބޭ ކުދިން ކިޔަވަން ފުރާނެ ކަމަށެވެ.

އިންޑިއަން ކަލްޗާ ސެންޓަރުގެ މުހިއްމުކަމާ ބެހޭ ގޮތުން ވާހަކަ ދައްކަވަމުން އާމިނަތު އަލީ ވިދާޅުވީ އެސެންޓަރު ގާއިމް ނުކުރާއިރު ކިޔަވާ ކުދިންގެ ކަންތައްތައް ވެސް ހަމަޖައްސަން ޖެހެނީ މިނިސްޓްރީ އޮފް ފޮރިން އެފެއާޒް މެދުވެރިކޮށްގެން ކަމަށާއި ކަލްޗާ ސެންޓަރު ގާއިމް ކުރުމުން ބޮޑު ފަސޭހައެއް ލބިފައިވާ ކަމަށެވެ.

"އިންޑިއަން ކަލްޗާ ސެންޓަރު ގާއިމް ކުރުމުން އެންމެ ބޮޑު އެއް ފަސޭހައެއް ވަނީ އެޑިއުކޭޝަން މިނިސްޓްރީއަށް ނުވަތަ ޑިޕާޓްމެންޓް އޮފް ހަޔަ އެޑިއުކޭޝަން އަށް، އެސެންޓަރު ގާއިން ނުކުރާ އިރު ދަރިވަރުންނަށް ދިމާވާ އެންމެހާ ކަންތައްތައް ކުރަން ޖެހެނީ ފޮރިން މިނިސްޓްރީ މެދުވެރިކޮށް،" އާމިނަތު އަލީ ވިދާޅުވި އެވެ.