ބިދޭސީއެއްގެ އަތުން ފޭރުނު މައްސަލައެއްގައި ދިވެއްސެއްގެ މައްޗަށް ދައުވާ ކުރަން ފޮނުވައިފި އެވެ.

ފުލުހުން ބުނީ 2010 ވަނަ އަހަރު ޓެލެކޮމް ބިލްޑިން ކައިރިން ހިނގާފައިދިޔަ ބިދޭސީއެއްގެ އަތުން ފޯނެއް ފޭރުނު މައްސަލައިގައި ދަޢުވާ ކުރަނީ މ. ރީފްސައިޑް، ޒަކަރިއްޔާ ޙަލީމުގެ 21 މައްޗަށެވެ. ޒަކަރިއްޔާ ހަލީމް ފޭރުނު އިރު އުމުރަކީ 19 އަހަރެވެ.

އޭނާއަކީ ވައްކަމާ ފޭރުމުގެ އިތުރުން ކުށުގެ އެތަށް ރެކޯޑެއް އޮންނަ މީހެއް ކަމަށް ފުލުހުން ބުނެ އެވެ. އެ މައްސަލައިގައި އޭނާގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައިވަނީ މިމަހުގެ 16 ވަނަ ދުވަހު އެވެ.

މާލޭގައި ފޭރުމާއި ވައްކަން ކުރުން އިތުރުވެފައިވާއިރު، ބިދޭސީންނަށް ތޫނު އެއްޗެހިން ބިރުދައްކާ ފޭރުމުގެ މައްސަލަ ތައް ވެސް އަންނަނީ އިތުރުވަމުންނެވެ.