29 Jul 2012, 11:44
ކުޅިވަރުގެ ވަކި ހާއްސަ ހަރަކަތާތްތަކަށް ޓަކައި، ވަކި ދުވަހެއްގައި ނުވަތަ ދުވަސްތަކެއްގައި ސުލްހަވެރިކަމާއި އަމާންކަން ދެމެހެއްޓޭ ނަމަ ސުލްހަވެރިކަމާއި އަމާންކަން އަބަދަށް ވެސް ދެމެހެއްޓޭނެ ކަމަށް އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ވިދާޅުވެއްޖެ އެވެ.
އޮލިމްޕިކްސް ކުޅިވަރު މުބާރާތް ފެށުމުގެ ރަސްމިއްޔާތުގައި އޮލިމްޕިކްސް ދަންމަރު އުފުއްލެވުމަށްފަހު ބާން ވަނީ އޮލިމްޕިކް ދަންމަރުގެ ފަހަތުން އައިސް ގައުމުތައް އެކުވެރި ވުމަށް ގޮވާލައްވާފަ އެވެ. އަދި ކުޅިވަރުގެ މަގުސަދަކީ އެއީ ކަން ވެސް އޭނާ ވަނީ ފާހަގަކުރައްވެވި އެވެ.
"މީހުންނާއި ގައުމުތަކަށް، ތަފާތުތައް އެއްފަރާތް ކުރެވެންޏާ ރުޅިވެރިކަމުގެ ބަދަލުގައި ސުލްހަވެރިކަން ގެނެވެންޏާ އެމީހުންނަށް އެއް ދުވަހު އެކަން ކުރެވެންޏާ އެއް ދުވަހަށް ނުވަތަ އެއް އިވެންޓަށް އެކަން އެގޮތަށް ކުރެވެންޏާ އަބަދަށް ވެސް އެކަން އެގޮތަށް ކުރެވޭނެ،" ބާން ވިދާޅުވި ވެއެވެ. އޭނާ އަދި ވިދާޅުވީ އޮލިމްޕިކް ދަންމަރުން ދޭ މެސެޖަކީ އެއީ ކަމަށާއި އެ ހުވަފެނެއްގެ މަތީގައި އދ. އުފެއްދި ހުވަފެނަކީ ވެސް އެއީ ކަމަށެވެ.
ބާންގެ ވަހަކަފުޅުގައި ސޫރިޔާގެ މަޝްރަހާމެދު ކަންބޮޑުވުން ފާޅުކުރެއްވި އެވެ. އަދި އެގައުމަށް ހަމަޖެހުން ގެނައުމަށްޓަކައި ދެ ފަރާތުން ވެސް ހަމަލާ ބަދަލުކުރުން ހުއްޓާލުމަށް އޭނާ ގޮވާލެއްވި އެވެ.
" ވޭން ތަހައްމަލް ކުރަމުންދާ ސޫރިޔާގެ ރައްޔިތުންނަށްޓަކައި ދެފަރާތުން ވެސް ހަމަލާ ދިނުން ހުއްޓާލަން ޖެހޭ،" ބާން ވިދާޅުވެފައި ވެއެވެ.