29 Jul 2012, 11:36
ވިކްޓަރީއާ ބައްދަލުކޮށް 1-1 އިން އެއްވަރުވުމުން ނަލަހިޔާ ވެޓަރަންސް ފުޓްބޯޅަ މުބާރާތުގެ ޓޭބަލުގެ ދެ ވަނަ އަށް މާޒިޔާ ޖެހިލައިފި އެވެ.
ކުޅުން ހުއްޓާލާފައިތިބި 35 އަހަރުން މަތީގެ ކުޅުންތެރިންގެ މުބާރާތުގައި އިއްޔެގެ މެޗުގައި މާޒިޔާ އަށް ލަނޑު ޖަހައިދިނީ ކުރީގެ ގައުމީ ކެޕްޓަން ޝާހު އިސްމާއީލެވެ. ވިކްޓަރީ އަށް ގޯލު ޖަހައިދިނީ އިބްރާހީމް ނާޒިމް (ރޮމޭ) އެވެ. މި ނަތީޖާއާއެކު މާޒިޔާ އަށް ދެ ވަނަ ލިބެނީ ހަތަރު ޕޮއިންޓާއެކުގަ އެވެ. ވިކްޓަރީ އަށް ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.
ހަތް ޓީމު ވާދަ ކުރާ މި މުބާރާތުގެ ސެމީ އަށްދާނީ ލީގު އުސޫލުން އެއްބުރު ކުޅެ ނިމޭއިރު އެންމެ ގިނަ ޕޮއިންޓް ހޯދާ ހަތަރު ޓީމެވެ. މުބާރާތުގެ އެންމެ ފަހުގެ ދެ އަހަރުގެ ޗެމްޕިއަނުންނަކީ ޓޭބަލުގެ އެއްވަނާގައި އޮތް ވެލެންސިއާ އެވެ.