ލަންޑަނުގައި މިހާރު ކުރިއަށްދާ އޮލިމްޕިކްސް ކުޅިވަރު މުބާރާތުގެ ގިނަ އިވެންޓްތައް ބަލަން މީހުން ނުވަންނަ މައްސަލަ ފެންމަތިވެއްޖެ އެވެ.

އޮލިމްޕިކް އޮގަނައިޒަރުން މި މައްސަލަ ބަލަން ނިންމައިފައިވާއިރު އިއްޔެ ވެސް ވަނީ ކަޅު ބާޒާރުގައި ޓިކެޓް ވިއްކާތީވެ 16 މީހަކު ހައްޔަރުކޮށްފަ އެވެ.

މުބާރާތް ކަވަރު ކުރާ ބީބީގެ ރިޕޯޓަރަކު ބުނީ ޓެނިހާއި އެތްލެޓިކްސް އަދި ސްވިމިން ފަދަ އިވެންޓްތަކަށް ބަލާއިރު ގޮނޑިބަރިތަކުގެ އެންމެ ތިރީގައި ހުރި އަގުބޮޑު ސީޓްތައް ނުވިކި ހުހަށް ހުރި ކަމަށެވެ. އޭނާއަދި ވަނީ ބައެއް އިވެންޓްތަކުގެ ޓިކެޓް ނުވިކި އޮލިމްޕިކް ސައިޓުގައި އޮންލައިންކޮށް ވިއްކަން ހުރިކަން ވެސް ފާހަގަކޮށްފަ އެވެ.
ބައެއް ރިޕޯޓަރުން ބުނަނީ ގިނަ ސްޓޭޑިއަމްތައް ހުހަށް ހުނަން އަނެއް ސަބަބަކީ ޓިކެޓްތައް އަގުބޮޑުވުމާއި ގްރޭޓް ބްރިޓަން ޓީމުގެ ޕާފޯމަންސް ދަށްވުން ކަމަށެވެ.

ނަމަވެސް ޓެނިސް އިވެންޓްތަކުގެ ޓިކެޓް ގަތުމަށް ގިނަ ބަޔަކު ދިގު ކިޔޫތަޖުގައި ތިބެންޖެހިފައިވެ އެވެ. އަދި ބައެއް ޓިކެޓް އޮފީސްތައް ނުހުޅުވާ ހުރިކަން ވެސް މުބާރާތް ކަވަރު ކުރާ ފަރާތްތަކުން ވަނީ ފާހަގަކޮށްފަ އެވެ.