28 Jul 2012, 20:44
މި އަހަރުގެ ޖެނުއަރީ މަހުގެ ތެރޭގައި ފުވައްމުލަކުގައި ދެ ފުލުހެއްގެ ގައިގައި ތަޅައި މާރާމާރީ ހިންގި މައްސަލައެއްގެ ތަހުގީގު ނިންމައި ދައުވާ ކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.
އެ މައްސަލައިގައި ދައުވާ ކުރުމަށް ޕީޖީ އޮފީހަށް ފޮނުވާފައި ވަނީ ތ. ތިމަރަފުށީ، ބަށިމާގޭ، އަހުމަދު ރިފުއަތާއި ފުވައްމުލަކު، ވެލިގަން، އިބްރާހިމް ދީދީ ގެ މައްޗަށެވެ.
ފުލުހުން ބުނީ މިއަހަރުގެ ޖެނުއަރީ މަހުގެ 16 ވަނަ ދުވަހު ފުވައްމުލަކު މާރުކޭޓް ސަރަހައްދުގައި ހިނގި ވައްކަމުގެ މައްސަލައަަކާއި ގުޅިގެން އެ ސަރަހައްދަށް ގޮސް އުޅުނު ދެ ފުލުހުންގެ ގައިގާ އެ ދެ މީހުން ތަޅައި މާރާމާރީ ހިންގި ގާފައިވާ ކަމަށެވެ.
ފަހަކަށް އައިސް ފުލުހުންނަށް ހަމަލާދީ ގެއްލުން ދިނުމާއި ފުލުހުންގެ ތަކެއްޗަށާއި އާއިލާތަކަށް ވެސް ގެއްލުން ދެ އެވެ.