25 Aug 2010, 10:20
15:29
ޓެކްސް އެޕީލް ޓްރައި ބިއުނަލަށް ފަސް ބޭފުޅުންގެ ނަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.
އެ ބޭފުޅުންނަކީ ، ބ.ތުޅާދޫ ގުލްބަހާރުގޭ، އިބްރާހިމް އަފީފާއި، ނ. މާފަރު އީޓުޖެހިގޭ އަބްދުﷲ ސަލާމް އާރިފާއި، ލ. މާވަށު ނަލަމަލަ ނަސްރުﷲ ޖަމީލާއި ދަފްތަރު އަހްމަދު ސާވީ އާއި ގ.މާވާރުލު ހަސަން ޒުހެއިރު މުހައްމަދެވެ. މިއަދުގެ ޖަލްސާގައި ވޯޓަށްއެހި ތިން ނަމެއް ވަނީ ފެއިލްކޮށްލައިފަ އެވެ. އޭގެ ތެރޭގައި ހިމެނެނީ، ދަފްތަރު އަބުދުﷲ ނިޝާނާއި، ބ.ހިތަދޫ ރަނައުރާގެ އުއްމުކުލްސުމް އަބޫބަކުރާއި، ގއ.ކޮނޑޭ ފާއިލާ އަހްމަދު މުއާވިޔަތު ގާސިމެވެ.