28 Jul 2012, 19:52
އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމް އަލީ ސައީދާ ބަޔަކު ދިމާކޮށްލައި ހުތުރު ބަހުން މުހާތަބުކޮށްފި އެވެ. މިނިސްޓަރާ ބަޔަކު ދިމާކޮށް ހުތުރު ބަސްތައް ކުރިމަތި ކުރުވީ ފުޑް ބޭންކްގައި އޮތް ރޯދަ ވީއްލުމަކަށް އެމަނިކުފާނު މިއަދު ވަޑައިގެންނެވި ވަގުތު އެވެ.
މިނިސްޓަރު ވިދާޅުވީ ރޯދަ ވީއްލުމަށް ވަޑައިގެންވެވި ވަގުތު ބަޔަކު ދިމާކޮށް ހަޑި ހުތުރު ބަހުރުވައިން މުއާމަލާތް ކުރީ ކަމަށެވެ.
މިއީ މި ރޯދަ މަހު އެމަނިކުފާނާ ބަޔަކު ދިމާކޮށްލި ދެވަނަ ފަހަރެވެ. އަދި ރޯދަ މަސް ފެށުމުގެ ކުރިން އެމަނިކުފާނުގެ ކާރުކޮޅަށް ވަނީ ޖެހިޖެހިގެން ދެ ދުވަސް މަތިން ބަޔަކު ހަމަލާދީފަ އެވެ. އެއިން ފަހަރު ކާރަށް ނުރައްކާތެރި ހަމަލާއެއް ދީފައި ވަނީ ކާރުގައި މިނިސްޓަރުގެ ތިން އަހަރުގެ ބޭފުޅަކު އިންނަވަނިކޮށެވެ.