28 Jul 2012, 19:40
ހދ. ހަނިމާދޫ ޖެޓީ ސަރަޙައްދުން އެރަށު މީހަކު ހޮވި މާވަހަރު، އޭގެ ވެރިފަރާތާ ޙަވާލު ނުކޮށް ވިއްކާލަން އުޅުނު މައްސަލައިގައި ތުޙުމަތު ކުރެވިގެން ފުލުހުންގެ ހައްޔަރުކުރި ދެ މީހެއްގެ މައްސަލައިގައި ދައުވާ ކުރަން ޕީޖީއަށް ފޮނުވައިފި އެވެ.
ދަޢުވާ ކުރަން މައްސަލަ ޕީޖީއަށް ފޮނުވީ ހދ. ހަނިމާދޫ ސަނީޑޭލް، ޢަބްދުލް ވާޙިދު ޢަބްދުﷲ އާއި އެރަށު އިރުދޯދި، އިދުރީސް ޢަބްދުﷲ ގެ މައްސަލަ އެވެ. މި މައްސަލައި ފޮނުވާފައިވަނީ މި ޖުލައި މަހުގެ 17 ވަނަ ދުވަހުއެވެ.
ހަނިމާދޫ މީހަކު ހޮވި މާވަހަރުގެ މިލްކުވެރި ފަރާތަކާއި މެދު ހިޔާލު ތަފާތުވެ އެ މައްސަލަ ހޫނުވީ މާވަހަރު ހޮވުމަށްފަހު ދެ މީހަކާއި މާވަހަރު ހަވާލު ކުރުމަށްފަހު މާވަހަރު ބަލައި ދިއުމުން މާވަހަރު ދޭން އިންކާރު ކުރި ހިސާބުންނެވެ. އެއީ 25 ކިލޯގެ މާވަހަރެކެވެ.