ރ. އަލިފުށީގައި ގަދަމުން ކުޑަ އަންހެން ކުއްޖަކާއެކު ބަދުއަހުލާގީ އަމަލެއް ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވުނު ބިދޭސީއެއްގެ މައްސަލަ ފުލުހުން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ.

ފުލުހުން ބުނީ، ބިދޭސީ މީހާ މިދިއަ ފެބްރުއަރީ މަހުގެ 16 ވަނަ ދުވަހު އަލީފުށީގައި 18 އަހަރުން ދަށުގެ އަންހެން ކުއްޖަކާ ގަދަކަމުން ބަދަލު އަހުލާގީ އަމަލު ހިންގަން އުޅުނު ކަމަށް ތުހުމަތު ކުރެވުމާއެކު އޭނާގެ މައްޗަށް ތަހުގީގެއްކޮށް ޕީޖީއަށް ފޮނުވީ ކަމަށެވެ. ކަޕިލް ދޭވް ނަމަކަށް ކިޔާ އެމީހާއަކީ އިންޑިޔާގެ ރައްޔިތެކެވެ.