އިއްޔެ އިންޑިއާގެ ގިނަ ތިއޭޓަރު ތަކަށް އެކްތާ ކަޕޫރުގެ ކިޔާ ސުޕަ ކޫލް ހެ ހަމް ވަނީ ނުކުމެފަ އެވެ. ގިނަބައެއްގެ މަގުބޫލުކަން ލިބިފައިވާ ޑާޓީ ޕިކްޗާސް އަށްފަހު އެކްތާގެ އުއްމީދުތައް ވެސް މި ފިލްމާއިމެދު ބޮޑުވެ.

ކިޔާ ސުޕަ ކޫލް ހެ ހަމް އަކީ 2005 ގައި ނުކުތް ސުޕަ ހިޓް ފިލްމް ކިޔާ ކޫލްހެ ހަމް ގެ ސީކްއެލްއެކެވެ. މިފިލްމް ޑައިރެކްޓް ކޮއްފައިވަނީ ކިޔާކޫލް ހެ ހަމްގެ ވާހަކަ ތައްޔާރުކޮއްދީފައިވާ ސަޗިން ޔާރްދީ އެވެ. އަދި މިފިލްމުގެ ލީޑް ރޯލުގައި ފެނިގެންދާނީ މީގެ ކުރީގެ ފިލްމުން ވެސް ފެނިގެންދިޔަ ދެތަރިންކަމަށްވާ ތުޝާރު ކަޕޫރާއި ރިތޭޝް ދޭޝްމުކްއެވެ. މި ދެތަރިންގެ ބައިވެރިންގެ ގޮތުގައި ފެނިގެންދަނީ ސާރާ ޖޭން ދިއާސް އާއި ނޭހާ ޝަރްމާއެވެ.

ޒުވާނުންނަށް އަމާޒުކޮއްގެން ހެއްވާ މަޖާ ކަންތައްތަކެއް ހިމެނޭ މިފިލްމުގައި ދައްކުވައިދެނީ އެކްޓިންގެ ދާއިރާގައި ނާކާމިޔާބުވެފައިވާ އާދީ (ތުޝާރު) އަދި މަޝްހޫރު ޑީޖޭއަކަށްވުމުގެ ހުވަފެންދެކޭ ސިދް (ރިތޭޝް) ގެ ދިރިއުޅުމުގައި ހިނގާ ކަންތައްތަކެވެ. މި ދެ އެކުވެރިންނަކީ ވަޒީފާގެ ދާއިރާއިންނާއި ލޯބީގެ ގޮތުންވެސް މާބޮޑު ކާމިޔާބީތަކެއް ލިބިފައިނުވާ ބައެކެވެ. ނަމަވެސް އާދީ އާއި ސިމްރަން (ނޭހާ) ދިމާވުމާއިއެކު އޭނަގެ ސޯލް މޭޓް ކަމުގައި އޭނާ ގަބޫލުކުރެ އެވެ. އަދި ސިމްރަންއަކީ އޭނާއަށް ހުރި ނަސީބެއްކަމުގައި ދެކި އޭނަގެ ފަހަތުން ގޯއާއަށް ދެއެވެ. ސިމްރަން އޭނަގެ ރަޙުމަތްތެރިޔާ (ސާރާ ޖޭން) އާއިއެކު ގޯއާގައި ޕާޓީކުރުމުގައި އުޅެއެވެ. މިތަނަށް އާދީ އާއިއެކު ސިދްވެސްދެ އެވެ. ދެން ހިނގާ ކަންތައްތައް ބަލާލުމަށް ފިލްމު ބަލާލުން ރަނގަޅުވާނެއެވެ.

ފިލްމުގައި ހިމަނާލާފައިވާ ލަވަތަކަށް ބަލާލާއިރު އެންމެ މަގުބޫލުކަމެއް ހޯދަމުން އަންނަނީ ވިޝާލް ދަދްލާނީ ކިޔާފައިވާ "ދިލް ގާޑަން ގާޑަން" މިލަވައެވެ.

ކިޔާ ސުޕަ ކޫލް ހެ ހަމް އާއި ކުރީގެ ފިލްމު ކިޔާ ކޫލް ހެ ހަމް އާއި މާބޮޑު ތަފާތު ކަމެއް ނެތްކަމުގައި ވިޔަސް ބެލުންތެރިން ހިތްހަމަޖެހޭ ފެންވަރުގެ ފިލްމަކަށްވާނޭ ކަމަށް މިފިލްމުވެއެވެ. އަދި ފިލްމަކީ ފެށުނީއްސުރެން ނިމެންދެން ކަހަލަ ގޮތަކަށް ފިލްމުގައި ހިނގާ ހެއްވާ މަޖާ ކަންތައްތަކުގެ ސަބަބުން ނުހީ ނީނދެވޭނެވަރުގެ ފިލްމެއްކަމުގައި ރިވުއުތަކުން ފެނިގެންދެ އެވެ. ސަޗިން ޔާރްދީގެ ޑައިރެކްޝަން ރަނގަޅު ކަމުގައި ފާހަގަ ކުރިއިރު ސިނެމޮޓޮގްރަފީގައި ރަނގަޅު ކުރަންޖެހޭ ކަންތައްތަކެއް ހުރިކަމުގައި ފާހަގަ ކޮއްފައިވެއެވެ. އަދި ފިލްމުގެ ކޮއެގްރަފީވެސް ރަނގަޅު ކަމުގައި ފާހަގަ ކޮއްފައިވެއެވެ.

http://www.youtube.com/watch?v=vq8QjEtrrbQ